Roadha Mihaaru
މިނިމަމް ވޭޖާ ބެހޭ ބޯޑެއް އުފައްދަން އެދިވަޑައިގެންފި

މިނިމަމް ވޭޖާ ބެހޭ ބޯޑެއް އުފައްދަން އިކޮނޮމިކް މިނިސްޓަރު އެދިވަޑައިގެންފި

06 ޑިސެމްބަރ 2018

މިނިމަމް ވޭޖާ ބެހޭ ބޯޑެއް އެކުލަވާލެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިނިމަމް ވޭޖާ ބެހޭ ބޯޑެއް އެކުލަވާލެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.

މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމުގެ ބޯޑާ ގުޅޭގޮތުން ފައްޔާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ބޯޑެއް އެކުލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ ބޯޑަކީ މިނިމަމް ވޭޖް ކަނޑައެޅުމުގައި އޭނާ އަށް ލަފާ ދޭން އުފައްދާ ބޯޑެއް ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.

ފައްޔާޒްގެ ޓްވީޓް

މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފަށަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ހިމެނެ އެވެ.