އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު 2-0 އިން ބީޖީ ސްޕޯޓްސް އަތުން ބަލިވެ ލީގު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
17 އޯގަސްޓް 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު 2-0 އިން ބީޖީ ސްޕޯޓްސް އަތުން ބަލިވެ ލީގު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ނިއު ބަލިވިއިރު، އެ ޓީމު އޮތީ 13 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. މި މެޗަކީ މި ސީޒަނުގައި ބީޖީ މޮޅުވި ފުރަތަމަ މެޗެވެ. އަދި ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން ނިއު އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅާ އެކު ބީޖީ ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 13 މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.
މިރޭ ކުޅޭ މެޗުން ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވެއްޖެނަމަ ބީޖީ އަށް ވަނަ އަށް އަނެއްކާ ވެސް ވެއްޓޭނެ އެވެ.
މިއަދުގެ މެޗަށް ނިއު ނުކުތީ އަނިޔާގެ ސަބަބުން ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ ސެގުން މައިކަލް އާއި ވެލިޗްކޯ މިޓްކޯވް އަދި ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަދި އަހުމަދު ނުހާދު ނުލަ އެވެ. ނިއު އިން މެޗު ފެށީ ރަނގަޅު ފޯމެއްގަ އެވެ.
މެޗުގެ 13 ވަނަ މިނިޓްގައި ނިއުގެ ފޯވާޑް މުހައްމަދު ހަމްޒާ (ހަމްޕު) ބީޖީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އަހުމަދު ސުހެއިލް (ބަމްޕުޗް) އަށް ވަނީ ނިއު އަށް ލީޑު ނަގައިދޭން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.
ހަމްޕު އަރިމަތިން ނަގައިދިން ބޯޅަ ބީޖީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ބަމްޕުޗު ފޮނުވާލި ބޯޅަ ބީޖީގެ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 30 ވަނަ މިނިޓްގައި ނިއުގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ބީޖީ އޭރިއާ ތެރެއިން ކުޅުންތެރިއެއް ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ބީޖީ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.
މިއަދުގެ މެޗުގެ ތެރެއިން ނިއުގެ ފާރޫގު (ކ) ބީޖީގެ އަފްޒަލް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ހާފް ފެށިގެން ބީޖީން ވަނީ ރަނގަޅަށް ކުޅެ ނިއު އަށް ނުރައްކާ ބޮޑުކޮށްފަ އެވެ. މެޗުގެ 59 ވަނަ މިނިޓްގައި ބީޖީގެ ކެޕްޓަން ނައިޖީރިއާގެ މިޑްފީލްޑަރު ޑެނިއަލް ފިލަމޮން އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ބީޖީން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ. އެ ޓީމަށް މެޗުގެ 71 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ މުހައްމަދު ސާބިގް އެވެ. ބީޖީގެ ބިދޭސީ ފޯވާޑް އޮސާގީ އަޑެލޭކޭ ނިއު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ލިބުމުން ސާގިބް ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ހަތް މިނިޓް ފަހުން ބީޖީގެ ލީޑުފުޅާކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ޝިޔާމް (ދޮނާ) އެވެ. އޭރިއާ ތެރެއިން ބީޖީގެ ކިންގްސްލީ ފޮނުވާލި ބޯޅަ ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) ބްލޮކް ކުރުމުން އެ ބޯޅަ ލިބުނީ ދޮނާ އަށެވެ. އޭނާ ހަމަޖެހިލާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި ހާފްގައި ނިއުގެ ފަރާތުން މާ ރަނގަޅު އެޓޭކްތަކެއް ނުފެނެ އެވެ. އެ ޓީމުގެ މުހައްމަދު ސާމިރް އޭރިއާ ބޭރުން ފޮނުވާލި ދެ ހަމާލާ ވެސް ބީޖީ ކީޕަރު ހަނީފް ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.
ފާއިތުވި އަހަރުތަކުގައި ނިއު ވަރުގަދަ ސްކޮޑަކާ އެކު ސީޒަނަށް ނުކުތް ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން ނިއު އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބް ދޫކޮށް ދިއުމުން އެ ޓީމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.
ހަތަރު އަހަރަށް ފަހު ބީޖީ ރެލިގޭޓްވެއްޖެ
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
އުނދަގޫ ފައްތަރެއްގައި އޮތް ނިއު އަށް ޕޮއިންޓެއް
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ސަރަހައްދީ ބާރަކަށް ނިއު ހަދަން ބޭނުން: އޮސްކާ
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް