އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 2-0 އިން ބަލިވެ ވިކްޓަރީ އަށް ތާވަލުގެ ފުލުން އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
18 އޯގަސްޓް 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 2-0 އިން ބަލިވެ ވިކްޓަރީ އަށް ތާވަލުގެ ފުލުން އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ ބީޖީ ސްޕޯޓްސް ވަނީ ހަތް ޕޮއިންޓާ އެކު ހަތް ވަނަ އަށް އަރައިފަ އެވެ. އެއާ އެކު، ހަ ޕޮއިންޓާ އެކު ވިކްޓަރީ އަށް ވަނަ އަށް ވެއްޓިފައިވާއިރު، އެ ޓީމަށް މިރޭ މޮޅުނުވެވުމުން، އެ މަގާމުން މިވަގުތަށް އެރޭކަށް ނެތެވެ.
މިރޭގެ މޮޅާ އެކު ވެލެންސިއާ 19 ޕޮއިންޓް ހަމަކޮށްފައިވީ ނަމަވެސް އެ ޓީމު އޮތީ ހަތަރު ވަނައިފަ އެވެ. އެއް ވަނައިގައި 26 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު ދެ ވަނައިގައި 25 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ތިން ވަނައިގައި 23 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް އޮތްއިރު މި ތިން ޓީމު ވެސް ކުޅެފައިވަނީ އެއް މެޗު މަދުންނެވެ.
މިރޭގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދެ އެވެ. މެޗުގެ ކުރީކޮޅު ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) އަށް ގޯލް ކައިރިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު މަތަކުރި އެވެ.
ވިކްޓަރީގެ އަލީ ޝަރީފް (ވ) އާއި ވެލެންސިއާގެ އަކްރަމް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން ވިކްޓަރީގެ މުހައްމަދު ރިސްވާނަށް 40 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.
އޭގެ ދެ މިނެޓު ފަހުން ވެލެންސިއާގެ އަކްރަމް އަބްދުލްގަނީ ނެގި ހުރަސް، އެ ޓީމުގެ އެންހެލް މުނޯޒްގެ ގައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ރޮނގު މަތިން ސަލާމަތްކުރީ ވިކްޓަރީގެ ގޯލްކީޕަރެވެ.
ވެލެންސިއާ އިން ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސަޑޭ ޖެހި ލަނޑުންނެވެ. ވިކްޓަރީގެ ޑިފެންޑަރަކު ބްލޮކްކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ބޯޅަ ސަޑޭ ހޯދައި ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ވެލެންސިއާގެ ދެ ވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖެހީ ސަޑޭ ތަނަވަސްކުރި ފުރުސަތަކުން ހަންސީ އަވީލޯ އެވެ. އޭގެ ކުރިން ވެލެންސިއާގެ އަހުމަދު ވިސާމް (ޖެރާޑް) ފޮނުވާލި ބާރު ބޯޅައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ.
މެޗުގެ ފަހުކޮޅު ވިކްޓަރީން ރަނގަޅު ދެ ފުުރުސަތެއް ހޯދި އެވެ. އެގޮތުން 69 ވަނަ މިނެޓުގައި އެ ޓީމުގެ ހުސެއިން ޝިހުބާންގެ ބާރު ހަމަލައެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު 73 ވަނަ މިނެޓުގައި ވެލެންސިއާ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ވިކްޓަރީގެ ރިސްވާން ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟
ވިކްޓަރީން ވެލެންސިއާ ހިފަހައްޓައިފި
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟