Roadha Mihaaru
ރީތިރަށް ރިސޯޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލަނީ

11 ޑިސެމްބަރ 2018

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މާލެ އަތޮޅު އުތުރުގައި ތަރައްގީ ކޮށްފައިވާ ރީތިރަށް ރިސޯޓުގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު، ކިމް ޕިންކް "މިހާރު" އަށް ވިދާޅުވީ މިއީ އޭލެވެލް އިމްތިހާނު ނިންމާ ކުދިންނަށް މަތީ ފެންވަރުގެ ރިސޯޓެއްގައި، ޚިދުމަތް ދިނުމުގެ ދާއިރާއިން ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމްގައި ހައުސް ކީޕިން، ފްރަންޓް އޮފީސް، ރެސްޓޯރަންޓް ބަދިގެ އަދި ސާވިސް، ޑައިވިން ސެންޓަރު، ވޯޓާ ސްޕޯޓްސްގެ މަސައްކަތަކަށް ދަރިވަރުން އަހުލުވެރި ކުރުވާނެ ކަމަށް ކިމް ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް ރެސްޓޯރަންޓްގައި | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް ރެސްޓޯރަންޓްގައި | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި، ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތަކާ ބެހޭގޮތުން ދެ ހަފުތާގެ ހާއްސަ ކްލާސްތަކެއް ނަގައިދޭނެ އެވެ. އަދި އޭގެ ފަހުން ހަ މަސް ދުވަހުގެ މުއްދަތަށް އެ އަށް ކުދިން އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ހަ މަހަށް ފަހު، ދަރިވަރުން އެންމެ ބޭނުންވާ ތިން ޑިޕާޓްމަންޓެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ރީތި ރަށް ރިސޯޓުން ދޭނެ އެވެ. އަދި އެ ކޯހުގެ ދެވަނަ ބުރުގައި ދަރިވަރުން މަސައްކަތް ކުރާނީ އެ މީހުން އިހުތިޔާރު ކުރި ޑިޕާޓްމަންޓެއްގައި މަސައްކަތް ކޮށް، އެ ޑިޕާޓްމަންޓަށް ޚާއްސަ ވުމަށެވެ.

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

ކިމް ޕިންކް ވިދާޅުވިގޮތުގައި، އެންމެ ފަހުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކޭ އެއްފަދައިން މާދަމާ ފަށާ މި އަހަރުގެ ޕްރޮގްރާމްގައި ވެސް ދަރިވަރުންގެ ފެންވަރު ބެލުމަށް ތިން މަސް ދުވަސް ވަންދެން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. ދަރިވަރުންގެ ފެންވަރަށް ބަލައި، ރިސޯޓުގައި ވަޒީފާ ހުރި ނަމަ އެ ދަރިވަރުންނަށް އެ ރިސޯޓުން ދާއިމީ ވަޒީފާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ޖޮބް ފެއާއެެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ސެންޓްރަލް ހޮޓަލުގައި ބާއްވާ އެ ފެއާގައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ސީވީ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ޖޮބް ފެއާ އަށް ނުދެވެންޏާ އޮންލައިންކޮށް ވެސް ސީވީ ފޮނުވޭނެ ކަމަށް ރީތި ރަށް ރިސޯޓުން ބުނެ އެވެ.

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް ޑައިވް ސެންޓަރުގައި | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

ވަން އެންޑް އޮންލީ ރީތިރަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގްރާމްގެ ބައިވެރިއެއް ޑައިވް ސެންޓަރުގައި | ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް

ރީތި ރަށް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރި ވުމަށް ކަނޑައަޅާފައި ވާނީ ވަރަށް މަދު ޝަރުތުތަކެކެވެ. އެގޮތުން، އޭލެވެލް އިމްތިހާނު ނިމި، އުމުރުން 18 އަހަރު ވެފައި ވުމުގެ އިތުރުން، މީހުންނާ މުޚާތަބު ކުރުމުގެ ހުނަރު ހުންނަން ޖެހެ އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ އެޕްރެންޓިސް ޕްރޮގްރާމަކީ 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އަދި މިހާރު ވެސް އެ ރިސޯޓުގެ އެކި ޑިޕާޓްމަންޓްތަކުގައި އެ ޕްރޮގްރާމްގެ ދަށުން ހޮވުނު ޒުވާނުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.