Roadha Mihaaru
ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް

ކްރޮސް ރޯޑްސް: ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް

07 ސެޕްޓެމްބަރ 2018

މިއީ ރާއްޖޭގައި ރިސޯޓުގެ އިތުރުން އެހެން އެތައް ވިޔަފާރިއެއް ހިމައިގެން ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. ރާއްޖޭގެ ޓޫރިޒަމްގެ މަލަމަތި ބަދަލުވާނެ ބޮޑު މަޝްރޫއުގައި ރިސޯޓުތަކުގެ އިތުރުން އެންމެ މަތީ ފެންވަރުގެ ތަކެތި ލިބޭ ފިހާރަތަކާއި ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވުން ވެސް ހިމެނެ އެވެ.

މިއީ ރާއްޖޭގައި ރިސޯޓުގެ އިތުރުން އެހެން އެތައް ވިޔަފާރިއެއް ހިމައިގެން ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. ރާއްޖޭގެ ޓޫރިޒަމްގެ މަލަމަތި ބަދަލުވާނެ ބޮޑު މަޝްރޫއުގައި ރިސޯޓުތަކުގެ އިތުރުން އެންމެ މަތީ ފެންވަރުގެ ތަކެތި ލިބޭ ފިހާރަތަކާއި ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވުން ވެސް ހިމެނެ އެވެ.

"ކްރޮސްރޯޑްސް"ގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީ ކޮށްގެން ހިންގާ މި މަޝްރޫއުގައި ހިއްކާ ރަށްރަށުގައި ރާއްޖޭގެ އެހެން ރަށްރަށުގެ ގޮނޑުދޮށްތަކާ މުޅިން ތަފާތު އިހުސާސްތަކެއް ކުރެވޭ ގޮތަށް އެތައް ކަމެއް ހިމަނަން ހަމަޖެހިފައިވެ އެވެ.

ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންގް އެސްޓޭޓް ކުންފުނިން ހަދާ ކްރޮސްރޯޑްސްގައި ނުވަ ރަށެއް ހިމެނެ އެވެ. މަތީ ފެންވަރުގެ އެ ރިސޯޓުތަކުގައި ޖުމްލަ 1،300 ކޮޓަރި ހުރެ އެވެ. ގާތްގަނޑަކަށް 680 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވަމުން އަންނައިރު، މި ފިޔަވަހީގައި ހިމެނެނީ އެންމެ މަތީ ފެންވަރުގެ ލައިފްސްޓައިލް ދެ ރިސޯޓެވެ.

އެނބުދޫފަޅުގައި ހިންގާ ކްރޮސްރޯޑްގެ ދަށުން ޔޮޓްމެރީނާ އާއި އިތުރު ވަރަށް ގިނަ ވިޔަފާރިތައް ވެސް ހުރޭ

އެނބުދޫފަޅުގައި ހިންގާ ކްރޮސްރޯޑްގެ ދަށުން ޔޮޓްމެރީނާ އާއި އިތުރު ވަރަށް ގިނަ ވިޔަފާރިތައް ވެސް ހުރޭ

އެއީ، އޭޝިއާގެ މަތީ ފެންވަރުގެ ދެ އާކިޓެކްޓުން ޑިޒައިން ކޮށްގެން ތަރައްގީކުރާ ކިއުރިއޯ ބައި ހިލްޓަން އާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސް އެވެ. ރެއަކަށް 500 އާއި 700 ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކަން ތަރައްގީކުރާ ކިއުރިއޯ ބައި ހިލްޓަން ޑިޒައިންކުރީ ބިލް ބެންސްލީ އެވެ. އަދި ރެއަކަށް 600 އާއި 800 ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކަން ހަދާ ހާޑް ރޮކް ހޮޓެލް ޑިޒައިން ކުރީ ސިންގަޕޫރުގެ އިކޯ އައިޑީ ކިޔާ ކުންފުންޏަކުންނެވެ. ރާއްޖެ އަންނަ މަޝްހޫރު މީހުންނަށް އަމާޒު ކޮށްގެން، ޓޫރިޒަމް އިންޑަސްޓްރީ އަށް އަލަށް ތައާރަފްކުރާ ހާޑް ރޮކް ހޮޓެލްގައި ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ކޮންމެ ސުއިޓެއްގައި 445 އަކަމީޓަރު ހުރެ އެވެ.

މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި، ޓައުންޝިޕެއްގެ ގޮތުގައި ތަރައްގީކުރާ 11،000 މީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައި ވަނީ ރީޓެއިލް ވިޔަފާރިއަށެވެ. "ދަ މެރީނާ އެޓް ކްރޮސްރޯޑްސް"ގެ ނަމުގައި ހަދާ މި ޓައުންޝިޕްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ލަފާކުރެ އެވެ.

ކްރޮސްރޯޑްސް ތަރައްގީކުރާ ސިންގް އެސްޓޭޓުން ބުނީ ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަކީ ހަމައެކަނި ބޭރުން އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަނެއް ނޫން ކަމަށެވެ. ބޭރު މީހުންގެ އިތުރުން، ދިވެހިންނަށް ވެސް ހަފުތާ ބަންދުގައި ތަފާތު ތަޖުރިބާތަކާ އެކު ޗުއްޓީ ހޭދަކޮށްލައި ވިޔަފާރިކޮށްލުމުގެ ފުރުސަތު އެ ތަނުގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކްރޮސް ރޯޑްސްގެ ގޮތުގައި ތަރައްގީކުރާ އެނބުދޫފަޅުގައި ރާއްޖޭގެ އެންމެ ފެންވަރު ޔޮޓް މެރީނާ ވެސް ހުރޭ

ކްރޮސް ރޯޑްސްގެ ގޮތުގައި ތަރައްގީކުރާ އެނބުދޫފަޅުގައި ރާއްޖޭގެ އެންމެ ފެންވަރު ޔޮޓް މެރީނާ ވެސް ހުރޭ

"ދިވެހިންނަށާއި ބޭރު މީހުންނަށް ވެސް ހުޅުވާލާ މި ޓައުންޝިޕްގައި ހުންނަ އިންޓަނޭޝަނަލް ރެސްޓޯރަންޓްތަކާއި ފިހާރަތަކުން ވިޔަފާރިކޮށް ހެދުމުގެ ފުރުސަތު އާއްމުންނަށް ވެސް އޮންނާނެ. މިއީ ދިވެހިންގެ ވިޔަފާރިކުރުމުގެ ވައްޓަފާޅި ބަދަލުކޮށްލާނެ ފަދަ ތަނަކަށް ވެގެންދާނެ،" ކޮރްސްރޯޑްސް މަޝްރޫއުގެ ވައިސް ޕްރެޒިޑެންޓް ފޯ ކޮމާޝަލް އެންޑް ރީޓެއިލް ނުޖަރީ މަރަޓަނައެލާޓް ވިދާޅުވި އެވެ.

ދަމެރީނާ އެޓް ކްރޮސްރޯޑްސްގައި އެންމެ ގިނައިން ހިމެނެނީ ބޭރުގެ ބޮޑެތި ބްރޭންޑުތަކެވެ. މީގެ ތެރޭގައި ދިވެހިންނާ ގުޅިގެން ހިންގާ ބްރޭންޑުތަކުގެ އިތުރުން ދިވެހިންގެ އަމިއްލަ ބްރޭންޑްތައް ވެސް ގެންނަން ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އެ ތަނުގައި ހިމެނޭ ތަންތަނުގެ 35 ޕަސެންޓް ފުޑް އެންޑް ބެވަރޭޖް އައުޓްލެޓުތަކަށް ވާއިރު، 65 ޕަސެންޓަކީ ފެޝަން އާއި އެ ނޫން ވެސް ވެސް ވިޔަފާރިތަކުގެ ތަންތަނެވެ.

"ދަ މެރީނާ އެޓް ކްރޮސްރޯޑްސް ގައި ތަފާތު އެކި 30 އައުޓްލެޓް ހުންނާނެ. އޭގެ ތެރޭގައި ވަރުގަދަ ދިހަ ރެސްޓޯރަންޓް ބްރޭންޑެއް ހިމެނޭ. އޭޝިއާގެ އެންމެ ގަދަ 50 ރެސްޓޯރަންޓް ބްރޭންޑްގެ ތެރޭގައި ހިމެނޭ ރެސްޓޯރަންޓްތައް ވެސް ހުންނާނެ،" ނުޖަރީ ވިދާޅުވި އެވެ.

އެނބޫދޫފަޅުގައި ތަރައްގީކުރާ ކްރޮސްރޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު

އެނބޫދޫފަޅުގައި ތަރައްގީކުރާ ކްރޮސްރޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު

ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަށް އަންނަ ބްރޭންޑުތަކުގެ ތެރޭގައި ކެފޭ ޑެލް މާ، ހާޑް ރޮކް ކެފޭ، މިނިސްޓްރީ އޮފް ކްރެބް، ނިހޮންބަޝީ އަދި ޕޫމާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. އޭގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓުތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓާއި ކޭއެފްސީ އާއި ކޮފީ ބީން އެންޑް ޓީ ލީފް އާއި ކެނީ ރޮޖާސް ރޮސްޓާސް ފަދަ ތަންތަން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކެފެއާ އަދި ކެފޭ ސެއިންޓް ޓްރޮޕް ވެސް ހިމެނެ އެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިތުރުން، ކްރޮސްރޯޑްސް މަޝްރޫއުގެ ދަށުން ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ތަން ތަރައްގީކޮށް ހިންގަން ހަމަޖެހިފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށް ޖަލްބޫތު ހޯލްޑިން އެލްއެލްސީންނެވެ.

އޭގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ސްޕާއަކާއި މޯލްޑިވްސް ކަލްޗަރަލް ސެންޓަރަކާއި ދިވެހި ކުރެހުންތެރިންނާއި ފަންނާނުންގެ ހުނަރު ދައްކާލާނެ ތަނަކާއި ރާއްޖޭގެ ކަނޑުގެ ދިރުންތައް ދަމަހައްޓައި އާލާކުރާނެ މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަކާއި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުންފުނިތަކުގެ ބައްދަލުވުންތައް ބޭއްވޭ ފެންވަރަށް ހަދާ މަލްޓިޕާޕަސް ހޯލެއް ވެސް ހުންނާނެ އެވެ. އަދި ޖޫނިއާ ބިޗް ކްލަބަކާއި ޑައިވިން ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް ހަދަން ވަނީ ހަމަޖެހިފަ އެވެ.

ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ މި ތަންތަން އަންނަ އަހަރު ކުރީކޮޅު ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކްރޮސްރޯޑްސްގެ ދެވަނަ ފިޔަވަހީގެ ދަށުން އިތުރު ވަކިވަކި ހަ ރަށެއް ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން، އިތުރު ފަސް ތަރީގެ ރިސޯޓުތަކެއް ހެދުމުގެ މަސައްކަތް ވެސް 2020 ވަނަ އަހަރު ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެއް ރަށް އެއް ރިސޯޓު ކޮންސެޕްޓަށް ހަދާ އެ ތަންތަނުގެ މަސައްކަތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެ އެވެ.

ސިންގް އެސްޓޭޓުން ދެކޭ ގޮތުގައި މި މަޝްރޫއާ އެކު އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށް، އާ ހަރުފަތަށް ގެންދާނެ ބިޔަ މަޝްރޫއަކަށް ވާނެ އެވެ.

*ރީޓެއިލް ސްޕޭސް ކުއްޔަށް ހިފުމަށް: [email protected] ނުވަތަ 66588909550+