12 ޑިސެމްބަރ 2018
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރައިލާފައި ބްލޮގަރު ޔާމީން ރަޝީދުގެ ހަނދުމަފުޅު އާކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ކީރިތި ކުރައްވައިފި އެވެ.
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރައިލާފައި ބްލޮގަރު ޔާމީން ރަޝީދުގެ ހަނދުމަފުޅު އާކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ކީރިތި ކުރައްވައިފި އެވެ.
ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވަނީ އެފަދަ ޚާއްސަ މުނާސަބަތެއް ފާހަގަ ކުރަމުންދާއިރު، ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރައިލާފައި ޔާމީން ރަޝީދުގެ ހަނދާން އާ ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރު ޔާމީނާ ގުޅޭ ވާހަކަފުޅު ފެށްޓެވުމަށް ފަހު، ރައީސަށް ކުރި އަސަރުން ވާހަކަފުޅު ކުރިއަށް ގެންދަވަން ދަތިފުޅުވެ، ވާހަކަފުޅު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑުއްވައިލެއްވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅު އަލުން ފެއްޓެވީ ވެސް ވަރަށް އަސަރާ އެކު އެވެ.
ރައީސް ވިދާޅުވީ ރިލްވާން ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ އާއި އަނިޔާވެރި ގޮތަކަށް ޔާމީން މަރައިލުމަކީ ދިވެހި ނޫސްވެރިންގެ އާއިލާ އަށް ލިބުނު ހިތްދަތި ކަމެއް ކަމަށެވެ. އެއީ މި ސަރުކާރުން އަޅާ ނުލައި ދޫކޮށްލާނެ ދެ މައްސަލަ ނޫން ކަމަށް ވިދާޅުވެ، އެކަމުގެ ހަގީގަތާ ހަމައަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ޚާއްސަ ރިޔާސީ ކޮމިޝަނެއް މިހާރު އުފައްދަވާފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރިލްވާން (ކ) އަދި ޔާމީން ރަޝީދު
"އަޅުގަނޑު އުއްމީދު ކުރަނީ އިންސާނިއްޔަތު ކަމެއް ނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ހާމަ ކުރެވޭނެ ކަމަށް. އެ ކޮމިޝަނުން އެ މަސައްކަތް އަވަސް ކޮށްދޭން ކަމަށް އަޅުގަނޑު އުއްމީދު ކުރަން." ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ރިލްވާން ގެއްލުނު ފަހުން އޭނާއަށް ވީ ގޮތެއް އަދިވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތެއް ނުވެ އެވެ. މިދިޔަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ބަޔަކަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށްޓަކައި އެމަނިކުފާނު ވަނީ ޚާއްސަ ރިޔާސީ ކޮމިޝަނެއް އެކުލަވާލައި، ޚާއްސަ ބާރުތަކެއް އެ ކޮމިޝަނަށް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
ރިލްވާނަށް އިންސާފު ހޯދުން ހުއްޓައެއް ނުލާނެ: ރައީސް
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
ޔާމީނަށް އިންސާފު ހޯދަން ބޭއްވި ހިނގާލުމުގައި ރައީސް
"އިންސާފަށް ވާސިލްވާން، ތަހުގީގުން ނަތީޖާ ނެރެދޭނަން"
މަރުތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަވައިފި
ތިން މަރަށް އިންސާފު ހޯދައިދޭން ދުންޔާ ގޮވާލައްވައިފި
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް