12 ޑިސެމްބަރ 2018
ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެއްކޮށް ކަނޑައިލުމަށް ސަރުކާރުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެއްކޮށް ކަނޑައިލުމަށް ސަރުކާރުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލަށް ވޯޓަށް އެހުމުގެ ކުރިން، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ފައިބަރު ކުރުމަށް ބޭނުން ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ ތަޅުމަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އާމިރުގެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 39 މެމްބަރުން ވޯޓު ދެއްވި އެވެ.
ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސަންޓެވެ.
މުސްތަފާ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށާއި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަ ދައްކަވަނީ
މުސްތަފާގެ އިސްލާހުގައި ވަނީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސެލުންނާއި ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ މާފު ކޮށްދިނުމަށެވެ. ކަރަންޓުގެ ހިދުމަތް މިހާރު ރާއްޖޭގައި ދެނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުންނެވެ.
އިސްލާހުގައިވާ ގޮތުން، މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފް ކޮށްދިނުމުގައި އަމަލުކުރާ އުސޫލު ގަވައިދުގައި ބަޔާން ކުރަން ޖެހެ އެވެ.
ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.
މުސްތަފާ ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން އިސްލާހަށް ތާއީދު ކުރައްވައި ވިދާޅުވީ ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލި ކަމުގައިވިޔަސް، ކަރަންޓުގެ އަގުހެޔޮކޮށް، މަސްވެރިންނަށް ދެމުން އަންނަ ޑީސަލްގެ އަގު ވަރަށް ބޮޑު ތަން ހެޔޮ ވާން ޖެހޭނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ޑީސަލުން ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް ހުށަހެޅި އިރު، ޕެޓްރޯލާއި ޑީސަލުން މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ޑިއުޓީގެ ގޮތުގައި ނަގަމުން އައީ 10 ޕަސަންޓެވެ. އެކަމަކު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުން 10 ޕަސަންޓުގެ ބަދަލުގައި ފަސް ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލަން ވައުދުވެފައިވެ އެވެ. އަދި އަންނަ އަހަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ކޮމެޓީންފާސްކޮށްފި
ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި
ތެލުން ޑިއުޓީ ކުޑަކުރުމުގެ އިސްލާހު ތަސްދީގުކުރައްވައިފި
ތެލުގެ ޑިއުޓީ ކުޑަކޮށްފިއްޔާ ރައްޔިތުންނަށް ލުއިވާނެ
ޕެޓްރޯލާއި ޑީސަލުގެ ޑިއުޓީ ކުޑަ ކުރަން މަޖިލީހަށް
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ