ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
15 ޑިސެމްބަރ 2018
ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
އއ. ރަސްދު އަށް އޭނާ ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގެސްޓް ހައުސްތައް ހިންގުމުގައި ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތައް ކުރީގައި އުޅޭކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
ރަށްރަށަށް ވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ހުރިހާ ރަށެއްގައި އެއް ފެންވަރަކަށް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް އުސޫލުތައް އެބަހުރި ގެސްޓް ހައުސްތަކުން ރަނގަޅު ކުރަން އެދިފައި. ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ އަޑު އަހައިގެން ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެ ކަންކަން ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވިގޮތުގައި، މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދެމުން އަންނައިރު ކުރިމަގުގައި ވެސް އިތުރު ބާރުތައް ރަށު ކައުންސިލްތައް ލިބޭނެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކުރާ ބައެއް މަސައްކަތްތައް ކައުންސިލްތަކަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމާއި ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހޭ ބައެއް ޚިދުމަތްތައް ވެސް ކައުންސިލްތަކުން ލިބޭ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންނަށް ފައިދާވާނެ ގޮތްތައް ހޯދައި ދިނުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް ސްކޫލް ކުދިންގެ ޗުއްޓީ، އަހަރު ނިމޭ ދުވަސްވަރުގެ ބަދަލުގައި އެހެން ދުވަސްވަރަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް
އައްޑޫގައި ގެސްޓް ހައުސް އަޅަން ބިން ދޫކުރަނީ
ގެސްޓްހައުސް ސިމްޕޯސިއަމް މި މަހުގެ 29 ގައި ބާއްވަނީ
ހަ މަހަށް ފަހު ގެސްޓު ހައުސްތައް ހުޅުވައިފި
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު