Roadha Mihaaru
އަހަރަކަށް ފޯނާ ދުރުވެގެން 100،000 ޑޮލަރު ހޯދި ދާނެ

އަހަރަކަށް ސްމާޓްފޯނާ ދުރުވެގެން 100،000 ޑޮލަރު ހޯދި ދާނެ

17 ޑިސެމްބަރ 2018

ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކާ ނުލައި މިހާރު ދިރިއުޅުމުގެ އެންމެ ސިކުންތެއް ވެސް ހޭދަކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމަށް ވާނެ އެވެ. އެހެންވީމާ އަހަރު ދުވަހަށް ފޯނާއި ޓެބްލެޓް ގުރުބާންކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކާ ނުލައި މިހާރު ދިރިއުޅުމުގެ އެންމެ ސިކުންތެއް ވެސް ހޭދަކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމަށް ވާނެ އެވެ. އެހެންވީމާ އަހަރު ދުވަހަށް ފޯނާއި ޓެބްލެޓް ގުރުބާންކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟

ނަމަވެސް އެ އެއްޗިއްސާ ނުލައި އަހަރު ދުވަހަށް ކެތްކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވޭ މީހުންނަށް މިއޮތީ ވަރުގަދަ ޗެލެންޖެއް ދީފަ އެވެ. ކުރަން ޖެހޭ ކަމަކީ ކޮކާ ކޯލާ ކުންފުނީގެ ދަށުން ހިންގާ ވިޓަމިންވޯޓާއާ އެއް އަހަރަށް ފޯނާއި ޓެބްލެޓް ހަވާލުކުރުމެވެ. މިކަމަށް ކެތްކޮށްލާ މީހަކަށް އިނާމަކަށް 100،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

#ނޯފޯންފޮއައިޔާގެ ނަމުގައި ކުރިއަށް ގެންދާ ޗެލެންޖްގައި ސްމާޓްފޯނާއި ޓެބްލެޓް 365 ދުވަސް ވަންދެން މަހުރޫމުވެފައި ހުންނަން ޖެހޭނެ އެވެ. މާނައަކީ އެފަދަ ވަސީލަތްތަކުން އިންޓަނެޓާ ދުރުވާން ވެސް މަޖުބޫރު ވުމެވެ.

ވިޓަމިންވޯޓާގެ ޓްވީޓެއް.

މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޗެލެންޖްގެ ދަށުން ވިޓަމިންވޯޓާއާ ފޯނު ހަވާލުކުރާ މީހުންނަށް އޮތް އަނެއް ޝަރުތަކީ އެހެން މީހެއްގެ ފޯނާއި ޓެބްލެޓް ވެސް ބޭނުން ނުކުރުމާއި މިކަމަށް އެއްބަސްވުމެއްގައި ސޮއިކުރުމެވެ.

އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޗެލެންޖްގައި ބައިވެރިވާން ފުރަތަމަ ހަދަން ޖެހޭ ގޮތަކީ ފޯނާއި ޓެބްލެޓާ ދުރުވެގެން ހުންނަން ބޭނުންވާ ސަބަބު ލިޔެފައި އޭގެ ފޮޓޯއެއް ނަގައި #ނޯފޯންފޮއައިޔާއާ އެކު ޓްވިޓާ އާއި އިންސްޓަގްރާމްގައި ހިއްސާ ކުރުމެވެ. މި ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ވިޓަމިން ވޯޓާގެ ޓ

މި ޗެލެންޖަށް ބައިވެރިން ހޮވާނީ އެ މީހުން ދެއްކި ސަބަބުތަކަށް ރިއާޔަތްކޮށްފަ އެވެ. ބައިވެރިންގެ ސިލެކްޝަނެއް ހަދައި އެކަން އިއުލާން ކުރާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އެ ހޮވުނު މީހުން 365 ވަންދެން އިންޓަނެޓަށް ވަދެވޭ ސްމާޓް ފޯނާއި ޓެބްލެޓް އެއްވެސް ގޮތަކަށް ބޭނުންކޮށްގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އެ ބަޔަކު ބޭނުން ކުރަން ހަމައެކަނި އަޑުން މުވާސަލާތްކުރެވޭ "އިހުގެ" މޮބައިލް ފޯނެއް ވިޓަމިންވޯޓާއިން ދޭނެ އެވެ

ވިޓަމިންވޯޓާ އިން މި ފުރުސަތު ހުޅުވައިލުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު އަންނަނީ މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ. އަދި މިއީ ސްމާޓްފޯނުގެ ދުނިޔެ އަށް ގެއްލިފައި ތިބޭ މީހުން އިސްލާހުވެލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ މިއީ ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކަހަލަ މަސައްކަތްތައް ކުރާ މީހުންނަށް ބައިވެރިވާން ދަތި ޗެލެންޖަކަށް ވާނެ ކަމަށެވެ. ސަބަބަކީ މުއާމަލާތްތަކުގައި ފޯނާއި އިންޓެނެޓް މިހާރުގެ ޒަރޫރީ އެއްޗިއްސަށް ވުމެވެ.