18 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދް މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އަކީ ރައީސް މަގާމާއި ހަވާލުވެވަޑައިގަތްތާ މަހެއް ހަމަވި ދުވަހެވެ. ނަމަވެސް، ސަރުކާރުން ބުނީ މަހެއް ވީ ކަމަށް ބަލާނީ ވެސް ހަމައެކަނި ސަރުކާރުގެ މަސައްކަތް ކުރި 30 ދުވަސް ކަމަށެވެ. އެހެން ކަމަށް ވާ ނަމަ 30 ދުވަސް ހަމަވަނީ މި މަހުގެ 31 ވާ ހޯމަ ދުވަހަށެވެ.
މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ހާސިލްކުރުމަށް ކަނޑައާފައިވާ 49 ވައުދުގެ ތެރެއިން އެއްކޮށް ފުރިހަމަ ކޮށްފައި ވަނީ 10 ވައުދެކެވެ. ބާކީ ހުރި ވައުދުތަކުގެ މަސައްކަތްތައް އެކި މިންވަރަށް ނިންމައި، އަދި ބައެއް މަސައްކަތްތައް އެކަމާ ހަވާލުވެފައިވާ މިނިސްޓްރީތަކުން އަންނަނީ ކުރަމުންނެވެ.
ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދައިދީފައިވާ ވައުދުތައް:
• މިސްކިތްތަކުގައި ގުރްއާން ކިޔަވަން ފެށުން. • ނުހައްގުން ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް. އަދި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް. • ފުވައްމުލަކު ސިޓީ ސްކޫލްގެ މަގު ފުޅާކުރުމުގެ މަސައްކަތް. • މަސްވެރިކަމަށް ނުކުންނަން ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓު ކަނޑާލުން. • ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން. • މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދުން. • އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކުކުރާނެ ސަރަހައްދެއް ކަނޑައެޅުން. • މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުން. • މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފެށުން. • ޔޫއެންގެ އެންޑަބްލިޔުޖީއީއައިޑީ އަދި ޔޫއެންއެޗްއާރްސީ ގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުން.
މިހާތަނަށް އެ މިނިސްޓްރީ އަކާ ގުޅޭ ވައުދުތައް އެންމެ ރަނގަޅަށް ހާސިލްކޮށްފައިވަނީ ފޮރިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީ ވަނީ ހަތް ދުވަހާއި 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ވައުދުތައް ވެސް ހާސިލްކޮށްފަ އެވެ. އެއީ ކޮމަންވެލްތުގައި ރާއްޖެ އަލުން ހިމެނުމަށް ހުށައެޅުމާއި، އަދި ޔޫއެންގެ އޫއެންޑަބްލިޔުޖީއީއައިޑީ އަދި ޔޫއެންއެޗްއާރްސީގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުމެވެ. އެ ތަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މި ދެ ކަންތައް ހާސިލްވެއްޖެ ކަމަށް ބުނެފަ އެވެ.
ދެން އެންމެ ގިނަ ވައުދު ފުއްދައިދީފައި ވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީންނެވެ. އެ ތަނުން ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ހަތް ވައުދުގެ ތެރެއިން، ދެ ކަމެއް ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ބާކީ އޮތް ފަސް ވައުދުގައިވާ ކަންތައްތަކުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މިނިސްޓްރީގައި މަސައްކަތް ކުރާ އޮފިޝަލަކު ވިދާޅުވީ ހުރިހާ ވައުދެއް ފުރިހަމަ ކުރުމަށްޓަކައި އެ މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ހާސިލް ނުވެ ހުރީ އެހެން މިނިސްޓްރީތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ވައުދުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅޭނެ ކަމަށް ވެސް ވައުދު ވެފައި ވެ އެވެ. މިކަން ހާސިލް ކުރުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 25 ގައި ހުޅުވާލި ނަމަވެސް، އަދި މިހާތަނަށް މިކަމަށް އުސޫލެއް ކަނޑައަޅައިފައެއް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހު 17 ގައި ހުވާކުރެއްވުމަށް ފަހު، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހާސިލްކުރައްވާނެ ޖުމްލަ 161 ވައުދެއް އިއުލާން ކުރެއްވި އެވެ. އެ މަނިކުފާނުގެ ވައުދުތައް ބައްސަވާލައްވާފައި ވަނީ އެއް ދުވަސް، ހަތް ދުވަސް، 30 ދުވަސް، 60 ދުވަސް އަދި 90 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވާ ގޮތަށެވެ.
ސަރުކާރާ މެދު އެންމެ އެކްޓިވިސްޓެއްގެ ނަޒަރުން
ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!
އެންމެ ބޮޑެތި ވައުދުތަކަށް ހުރަސް އެޅިފައި!
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
56 ވައުދު ފުއްދައިފި، ނުނިމެނީ 11 ވައުދު
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
އިދިކޮޅުގައި ތިބެ ގޯސް، ސަރުކާރުގައި ކުރަނީ ދިފާއު!
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
"އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އިސްތިއުނާފް ކުރޭ"
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް