Roadha Mihaaru
ނަން ކަމުނުދާތީ، ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދިން

ނަން އެކަށީގެން ނުވާތީ، ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ނިންމައިފި

19 ޑިސެމްބަރ 2018

އަލަށް އުފެއްދުމުގެ ހުއްދަ އަށް އެދުނު ދެ ޕާޓީއެއްގެ ނަން އެކަށީގެން ނުވާތީ އެ ދެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަލަށް އުފެއްދުމުގެ ހުއްދަ އަށް އެދުނު ދެ ޕާޓީއެއްގެ ނަން އެކަށީގެން ނުވާތީ އެ ދެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ އަލަށް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅީ ދަ ގްރޭޓް ގްރީން ކަނެކްޝަން ނަމަކަށް ކިޔާ ޕާޓީއަކާއި މޯލްޑިވްސް އެކްޝަން ޕާޓީ އެވެ. އެކަމަކު އެ ދެ ނަމަކީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ އެ ދެ ނަމުގައިި ޕާޓީ އުފައްދަން ހުއްދަ ނުދޭން ނިންމީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ޓްވީޓް

ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެހެން ދެ ޕާޓީއެއް އުފައްދަން ކޮމިޝަނުން ކުރިން އޮތީ ހުއްދަ ދީފަ އެވެ. އެއީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީީޑީ) އެވެ. އެ ދެ ޕާޓީން މިހާރު ވަނީ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އަލަށް އުފައްދަން ނިންމި ދެ ޕާޓީއަކަށް ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމިއިިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެ ޕާޓީ އަށް ކިޔާނެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.