21 ޑިސެމްބަރ 2018
މި މަހުގެ އެއް ވަނަ ދުވަހު އިންޑިއާގެ ޖޯދުޕޫރްގައި ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ އުފަލުގައި މުމްބާއީގައި ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހު އިންޑިއާގެ ޖޯދުޕޫރްގައި ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ އުފަލުގައި މުމްބާއީގައި ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.
ބޮލީވުޑްގެ ފަންނާނުންނަށް ހާއްސަކޮށްގެން މުމްބާއީގެ ޖޭޑަބްލިއު މެރިއަޓް ހޮޓެލްގައި ބޭއްވި ކުލަގަދަ ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރާއިި ދާދި ފަހުން ކައިވެނި ކުރި މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގާއި ދީޕިކާ ޕަދްކޯންގެ އިތުރުން ވެސް ބޮލީވުޑްގެ އޭ ލިސްޓް ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވެ.
ޖޯދުޕޫރްގައި ކައިވެނިކުރުމަށް ފަހު ޕްރިޔަންކާ އާއި ނިކް ވަނީ ކުރިން ނިއު ދިއްލީގައި ވެސް ކުލަގަދަ ބޮޑު ރިސެޕްޝަނެއް ބާއްވައިފަ އެވެ. އެ ހަފުލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
"ދަ ސްކައި އިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތަށް ޕްރިޔަންކާ މިހާރު އިންޑިއާގައި މަޑުކޮށްގެން ހުރުމަށް ފަހު، އެނބުރި ފިރިމީހާ ނިކްގެ ގައުމަށް ގޮސް، އެމެރިކާގައި ވެސް އަދި ރިސެޕްޝަންތަކެއް ބާއްވާނެ އެވެ.
ކުރިން މި އަހަރު ރިލީޒް ކުރަން ނިންމާފައި އަންނަ އަހަރަށް ފަސްކުރި "އަރުޖުން ޕަޓިއާލާ" އަންނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
Ready. Steady. LOL. #ArjunPatiala to hit the screens on May 3, 2019. #DineshVijan @TSeries @itsBhushanKumar @JugrajRohit @diljitdosanjh @varunsharma90 @MaddockFilms @leyzellsandeep @yadav_shobhna@bakemycakefilms @sharadakarki @writish pic.twitter.com/ZoB0OYhpmP
— Kriti Sanon (@kritisanon) December 19, 2018
ކްރިތީ ފިލްމުގެ ޕޯސްޓަރު ޓްވީޓްކޮށްފައި.
ބުޝަން ކުމާރުގެ ޓީ ސީޒީރާއި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް ގުޅިގެން ހަދާފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުން އަންނަ ބަތަލާ ކްރިތީ ސެނަން އާއި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖްގެ އިތުރުން ވަރުން ޝަރުމާ އެވެ. ވަރުން އާއި ކިރިތީ ވަނީ 2015 ގައި ރިލީޒް ކުރި ރޯހިތު ޝެޓީގެ "ދިލްވާލޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
"އަރުޖުން ޕަޓިއާލާ" ޑައިރެކްޓްކޮށްފައި ވަނީ ރޯހިތު ޖުގްރާޖް އެވެ.
ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރަށް ބުދަ ދުވަހު ދެ އަހަރު ފުރިގެން ދިޔަ އިރު އާއިލާ މިހާރު ތިބީ ޗުއްޓީއަކަށް ސައުތު އެފްރިކާގެ ކޭޕް ޓައުންގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
ތައިމޫރު މައިންބަފައިންނާ އެކު ކޭޕް ޓައުންގައި.
މި އަހަރުގެ މެދު ތެރޭގައި ސައިފާއި ކަރީނާ ތައިމޫރު ގޮވައިގެން ރާއްޖެ ވެސް އައެ އެވެ. ތައިމޫރަކީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ ސްޕަސްޓާރެއްގެ ދަރަޖަ މިހާރު ވެސް ލިބިފައިވާ ކުއްޖެކެވެ.
އޭނާގެ ނަމުގައި ދާދި ފަހުން ވަނީ ކުޅޭ ބުދު ވެސް ހަދައި ބާޒާރަށް ނެރެފަ އެވެ. އަދި "ތައިމޫރު" ގެ ކިޔާ ފިލްމެއް ހަދަން މަޝްހޫރު ޑައިރެކްޓަރު މަދޫރު ބަންޑާކަރު ވަނީ ނަން ރަޖިސްޓްރީ ވެސްކޮށްފަ އެވެ.
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަން މި މަހުގެ 23 ގައި ފަށާނެކަން ކުރިން އިއުލާންކޮށް، ޕްރޮމޯ ވެސް ދައްކައިލުމަށް ފަހު، ޝޯ ފަށާ ތާރީހު މިހާރު ހަފުތާއެއްހާ ދުވަހަށް ފަސްކޮށްފި އެވެ.
Aakhir Kapil Sharma ek saal se kya kar rahe the? Jaaniye #TheKapilSharmaShow mein! Shuru ho raha hai 29 December se, har Sat-Sun raat 9:30 baje. @ranveerofficial @KapilSharmaK9 @kikusharda @haanjichandan @Krushna_KAS @bharti_lalli @sumona24 @RochelleMRao pic.twitter.com/PQL8WVbKr5
— Sony TV (@SonyTV) December 18, 2018
ސޮނީގެ ޓްވީޓެއް.
ސޮނީ ޓީވީން ގެނެސްދޭ މި ޝޯ މިހާރު ފަށާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެ އެވެ. ފުރަތަމަ އެޕިސޯޑުން ފެނިގެން ދާނީ މި މަހުގެ 28 ގައި ރިލީޒް ކުރާ ފިލްމު "ސިމްބާ" ގެ ޓީމެވެ. އެގޮތުން ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ސާރާ އަލީ ހާން ފެނިގެން ދާނެ އެވެ.
މި އެޕިސޯޑްގެ ޕްރޮމޯ ވެސް މިހާރިު އަންނަނީ ދައްކަމުންނެވެ.
އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓައިލުމަށް ފަހު، ޝޯގެ އާ ސީޒަނާ އެކު ކަޕިލް އެނބުރި އަންނަ އިރު، މި މަހުގެ 12 ވަނަ ދުވަހު އޭނާ ވަނީ ލޯބިވެރިޔާ ގިއްނީ ޗަތުރަތުއާ ކައިވެނި ވެސްކޮށްފަ އެވެ.
އެކްޓް ކުރެވޭކަން ސާބިތުކޮށް ދޭން ބޭނުންވޭ: ސާރާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި
ރަންވީރުގެ "ސިމްބާ" ގެ ދެވަނަ ބައެއް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
ކަރަންގެ ފިލްމުގެ ސެޓުން އިބްރާހީމްގެ ފޮޓޯތަކެއް
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް