Roadha Mihaaru
ރީކޯ މޫސަ މި ފަހަރު ވާދަކުރައްވާނީ ގަމު ދާއިރާ އަށް

ރީކޯ މޫސަ އަމިއްލަ ގޮތުން ގަމު ދާއިރާ އަށް ވާދަކުރައްވަނީ

22 ޑިސެމްބަރ 2018

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ދާދި ފަހުން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އަމިއްލަ ގޮތުން ގަމު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ދާދި ފަހުން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އަމިއްލަ ގޮތުން ގަމު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މޫސަ "މިހާރު" އަށް މިއަދު ވިދާޅުވީ ގަމު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ނިންމެވީ ސިޔާސީ ހަޔާތް ފެއްޓެވި ދާއިރާއަކީ ގަމު ދާއިރާ އަށް ވެފައި، އެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންނާ މެދު ވަރަށް ގާތް ގުޅުންތަކެއް އުފެދި، ތާރީހީ ކަންކަން ވެސް ކުރެއްވިފައި އޮތީމަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މޫސަ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގަ އެވެ. މޫސައާ އެކު، އެފަހަރު ލ. އަތޮޅުގެ އަނެއް ގޮނޑި ފުރުއްވީ ރައީސް މައުމޫންގެ ސަރުކާރުގައި ބާރުގަދަ ވަޒީރު އިލްޔާސް އިބްރާހިމެވެ.

އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން 87 ދާއިރާ ކަނޑައެޅި އިރު، ހުޅުހެންވޭރު ދާއިރާއެއް ނެތެވެ. މޫސަ ވިދާޅުވީ މާލޭގެ ދާއިރާތައް "މަސްހުނި" ވެފައި އޮތުމުގެ ސަބަބުން މާލޭގެ ގޮނޑިއަކަށް ވާދަނުކުރައްވަން ނިންމެވީ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މޫސަ ބުރަކޮށް އުޅުއްވި ނަމަވެސް، މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މޫސަ ހިމެނިވަޑައެއް ނުގަންނަވަ އެވެ. މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީން ވަނީ 50 އަށް ވުރެ ގިނަ މީހުންނަށް ޓިކެޓު ދީފަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 1100 އަށްވުރެ ގިނަ ވޯޓު ހޯދުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އަދި ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގަމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެ ޕާޓީގެ މުސްތަގުބަލެއް ނެތުމުންނާއި ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ ގޮތަށް ބަލާ އިރު ރައްޔިތުން ބޮޑަށް ބަލަނީ އެބޭފުޅަކު ކުރައްވާ ހިދުމަތަށް ކަމަށްވާތީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވުން ކޮންމެހެން ލާޒިމު ނުވުމުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު މަޖިލިސް ދެކެ ވަރަށް ލޯބިވޭ. ސިޔާސީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ،" މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވި މޫސަ ވިދާޅުވި އެވެ.

ގަމު ދާއިރާގެ ތަރައްގީ އަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތެއް ކުރައްވާނީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ރައްޔިތުންގެ އަތުން ބީވެ ނުދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ކަމަށެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ކުރާ މަސައްކަތާ ދެކޮޅު ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ބަރުލަމާނީ ނިޒާމު ފެއިލްވަމުންދާ ކަމަށާއި ރާއްޖޭގައި ރިޔާސީ ނިޒާމު ކުރިއަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ ވެސް ދައުރު ހަމަވުމުގެ ކުރީން ބަޔަކު ކުޅެގެން ވާނެ ކަމަކަށް. ހަމަޖެހިގެން ވެރިކަން ކުރަން ފުރުސަތު ދޭން އެބަޖެހޭ. ސިޔާސީ ވަކި ބަޔަކު މަންފާއެއް ހޯދުމުގެ ބޭނުމުގައި ބަރުލަމާނީ ނިޒާމްގެ ވާހަކަ ދައްކަނީ،" މޫސަ ވިދާޅުވި އެވެ.