22 ޑިސެމްބަރ 2018
ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އާރަށަށް އެއަތޮޅު ފަޅު ރަށަކުން ބޮޑެތި ރުއްތަކެއް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އާރަށަށް އެއަތޮޅު ފަޅު ރަށަކުން ބޮޑެތި ރުއްތަކެއް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ވ. ތިނަދޫ ކައުންސިލުން ބުނީ އެރަށާއި ކައިރީގައިވާ ހުޅިދޫ ނަމަކަށް ކިޔާ ފަޅު ރަށުން ގިނަ އަދަދެއްގެ ރުއް އުފުއްޔަކަށް އަރުވައިގެން ގެންދާތަން ފެނުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެމައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"ރުއްތައް ނަގާ މައްސަލައަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދީ، އެކަން ހުއްޓުވާނެ ކަމަށް ބުނި ފަހުން އަޅުގަނޑުމެންނަށް މިކަހަލަ ކަމެއް ފެނުނު މިއީ ފުރަތަމަ ފަހަރު،" ތިނަދޫ ކައުންސިލުން "މިހާރު"އާ ވާހަކަ ދެއްކެވި ކައުންސިލަރު ވިދާޅުވި އެވެ.
ވ. އަތޮޅުގައި ތިބޭ ފުލުހުން "މިހާރު"އަށް ބުނީ ތިނަދޫ ކައުންސިލުން އެ މައްސަލަ ހުށަހެޅުުމުން މިއަދު އެ ދެރަށް ވެސް ބޭރުން ބަލާފައިވާ ކަމަށާއި އެފަދަ ކަމެއް މިއަދު ކުރިކަން ފާހަގަވެފައި ނުވާ ކަަމަށެވެ.
"އަޅުގަނޑުމެން މިއަދު ބޭރުން ބެލިން އެ ދެރަށް ވެސް. އެފަދަ ކަމެއް މިއަދަކު ފާހަގައެއް ނުވޭ. ދެން އީޕީއޭއިން މިއަދު ގުޅާފައި ވިދާޅުވި ރަސްމީކޮށް ސިޓީއެއް ފޮޮނުވާނަމޭ. ދެން އެސިޓީ ލިބުނީމާ އެ ރަށަށް އަރައި ސުވާލުކުރެވޭނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލުން ބުނީ ކުރިން އެންމެ ވިއްސަކަށް ރުއް ހުންނަ އާރަށުގައި މިހާރު ބޯކޮށް ރުއް އިންދާފައިވާ ކަމަށާއި އެއީ މުޅިން ވެސް ފަޅު ރަށްތަކުން ގެންގޮސްފައިވާ ބޮޑެތި ރުއް ކަމަށް ބެލެވޭ ކަމަށެވެ.
"އެ ދެރަށް ވެސް ތިނަދުއާ ވަރަށް ކައިރި، ހުޅިދޫ ވެސް އާރަށް ވެސް ތިނަދުއަށް ރީތިކޮށް، ފެންނަން އޮވޭ. ފޮޓޯތަކުން ތިޔަ ފެންނަ ގޮތަށް ބޮޑެތި ކޮޅުވެއްޓިތައް ބަރުކޮށްގެން ރުއް ގެންދާ މަންޒަރު ކުރިން ވެސް ފެނުނު،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފަޅުރަށްތަކާއި މީހުން އުޅޭ ރަށްތަކުން ވެސް ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. ރާއްޖޭން ބޭރަށް ރުއް ގެންދިއުމުގެ މައްސަލައެއް ވެސް ކުރިން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮޅު ކަސްޓަމްސް އިން ބުނީ ރާއްޖޭން ރުއްގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ސަމާލުކަމަށް އައުމާ އެކު އެކަން ހުއްޓުވާފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރުއްގަސްތައް އެކި ރަށްރަށުން ނަގައިގެން ރިސޯޓުތަކަށް ގެންދާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި
ހުޅިދޫގެ މައްސަލާގައި ވަކި ގޮތެއް ނުނިންމުނު
ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!