ރިސޯޓު ހިންގަން ދޫކޮށްފައިވާ ވ. އަންބަރާގައި ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ކޮށްފައި ހުއްޓަސް، އެ ގެއްލުންތަކަށް އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
28 ފެބުރުއަރީ 2023
ރިސޯޓު ހިންގަން ދޫކޮށްފައިވާ ވ. އަންބަރާގައި ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ކޮށްފައި ހުއްޓަސް، އެ ގެއްލުންތަކަށް އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި ވ. އަތޮޅު ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ބުނީ، އީޕީއޭއިން އަންބާރާގައި ކުރި ސާވޭއިން، އެ ރަށުގައި ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) އާ ހިލާފަށް މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ކޮށްފައިވާ ކަންތައްތަކެއް ނޫން ކަން އީޕީއޭގެ ތަހުގީގަށް ސާބިތު ކުރެވިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ..
ނަމަވެސް، އެ ތަހުގީގާ ގުޅޭ އިތުރު ތަފުސީލެއް އެ ސިޓީގައި ނެތެވެ.
ވ. އަންބަރާ ކަނޑޫފަަލަށް ވެލި އަޅައިފައި -- ފޮޓޯ: ވ. އަތޮޅު ކައުންސިލް
ރިސޯޓް ހަދަން 50 އަހަރަށް އެ ރަށް ކުއްޔަށް ދީފައި ވަނީ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
އީޕީއޭއިން ބުނީ އެ އެޖެންސީން ތަންފީޒުކުރާ ގާނޫނާއި ގަވާއިދުތަކާ، އެ ކުންފުނިން ހިލާފުވެފައި ނުވާތީ އެ ފަރާތް ކުށްވެރި ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. މި މަހު 12 ގައި އެ ކުންފުންޏަށް އެކަން އަންގާފައި ވާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
އީޕީއޭގެ މި ނިންމުމާ މެދު ވ. އަތޮޅު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވ. ހުޅިދޫ އާއި އަންބާރާގެ މައްސަލާގައި އެ އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންބަރާގެ ވެއްޓަށް ގެއްލުންދީފައިވާ ކަމަށާއި އެކަމަކު އެ ގެއްލުމަށް އެ ރަށުގައި ރިސޯޓު ހަދާ މީހުން ޒިންމާވާން ނުޖެހޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"ތިޔަ ނިންމެވުން ރައްޔިތުން ރަނގަޅަށް ކޮސް ކޮށްލައިފި،" އޭނާ ވިދާޅުވި އެވެ.
އަންބާރާއާ ގުޅޭ ގޮތުން ވ. އަތޮޅުގެ މީހުންގެ ޝަކުވާތައް ވަރަށް ގިނަ އެވެ. އެ އަތޮޅު ކައުންސިލުން ކުރިން ބުނިގޮތުގައި، އަންބަރާގައި އޮންނަ ކަނޑޫފާ އަށް ގެއްލުންދީ، އެ ތަނަށް ވަނީ ފަސް އަޅައި ފޮރުވައިފަ އެވެ. އެ ފަލުގައި ހުރި ގިނަ ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ. ރިސޯޓް ހެދުމުގެ އަމަލީ މަސައްކަތް ފަށަން ދިން މުއްދަތު ހަމަވިއިރު ވެސް، އެ ރަށުގައި އެކަމުގެ އެއްވެސް މަސައްކަތެއް ނުކުރާތީ، ރައްޔިތުން ބޭނުންވަނީ އެ ރަށް އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދާށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އީޕީއޭ އިން އަންބާރާގައި ސާވޭއެއް ހަދަން ނިންމީ، ވ. އަތޮޅު ކައުންސިލާއި ރައްޔިތުން ނުކުމެ ކުރި ސިލްސިލާ އިހުތިޖާޖުތަކާ ގުޅިގެންނެވެ. އެ މައްސަލާގައި ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިޔަސް ނަތީޖާއެއް ނުނިކުތެވެ.
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން
ހުޅިދޫގެ މައްސަލާގައި ވަކި ގޮތެއް ނުނިންމުނު
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު
ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި
އަންބަރާއަށް ގެއްލުންދޭތީ ކައުންސިލުން ކަންބޮޑުވެއްޖެ
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި
"ވ. އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލާ"