ވ. ހުޅިދު އާއި އެ އަތޮޅު އަންބާރާގެ ވެއްޓަށް ދީފައިވާ ގެއްލުމަށް ޖަވާބުދާރީވުމަށް އެ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކަށް އީޕީއޭއިން ފުރުސަތު ދީފި އެވެ.
29 ނޮވެމްބަރ 2022
ވ. ހުޅިދު އާއި އެ އަތޮޅު އަންބާރާގެ ވެއްޓަށް ދީފައިވާ ގެއްލުމަށް ޖަވާބުދާރީވުމަށް އެ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކަށް އީޕީއޭއިން ފުރުސަތު ދީފި އެވެ.
އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް ސޮއިކުރައްވައި ވ. އަތޮޅު ކައުންސިލަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނީ، މިދިޔަ މަހު އެ އެޖެންސީން ހުޅިދު އާއި އަންބާރާގައި ކުރި ސާވޭއިން، އެ ދެ ރަށުގައި ވެސް ތިމާވެށީ ހާލަތު ބަޔާންކުރާ ރިޕޯޓް، (އީއައިއޭ)އާ ހިލާފަށް މަސައްކަތްކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި އޮންނަ ހުޅިދު އާއި ރިސޯޓް ހެދުމަށް ދިން އަންބާރާގައި، އެ މަސައްކަތް ނުކުރާތީ އެ ރަށްތައް އަނބުރާ ހޯދަން ވ. އަތޮޅު ކައުންސިލުން މިދިޔަ މަހު ބޮޑު ކެމްޕެއިނެއް ފެށި އެވެ. އަދި އެ ރަށްތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ކަމުގެ ޝަކުވާ ބޮޑުވުމުން، ސަރުކާރުން އީޕީއޭގެ ޓީމެއް މިދިޔަ މަހު 20 ގައި އެ ރަށަށް ފޮނުވައި ސާވޭއެއް ހެދި އެވެ.
ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
އެ އެޖެންސީން ބުނީ އާންމު އުސޫލުގެ ތެރެއިން ސާވޭއަށް ފަހު، އެ ރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް ދުވަހަށް ކަމެއް ނުބުނެ އެވެ.
ވ. އަތޮޅު ކައުންސިލަށް އީޕީއޭއިން އެ ސިޓީ ފޮނުވީ އެ ސާވޭގެ ރިޕޯޓް ހިއްސާކޮށްދޭން އެދިފައި ވާތީ އެވެ. އެކަމަކު އީޕީއޭއިން ބުނީ ސާވޭގެ ރިޕޯޓް ކައުންސިލާ ހިއްސާކުރެވޭނީ، ޖަވާބުދާރީވުމުގެ މަރުހަލާގެ ކަންކަން ފުރިހަމަވުމުން ކަމަށެވެ.
ހުޅިދޫ ކުއްޔަށް ދީފައި އޮންނަނީ، 21 އަހަރަށް އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށެވެ. އަދި އަންބާރާ ދީފައި އޮންނަނީ، 50 އަހަރަށް ހަނދުވަރު އޯޝަން ކިޔާ ކުންފުންޏަކަށެވެ.
ހުޅިދޫގެ މައްސަލާގައި ގޮތެއް ނުނިންމުނު، ގެއްލުން ބަލަން އީޕީއޭގެ ޓީމެއް މާދަމާ އެ ރަށަށް! https://t.co/YctwK1ryLE
— Mihaaru (@Mihaarunews) October 20, 2022
ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ހުޅިދޫގެ އެއްބަސްވުން ބާތިލުވެއްޖެ ކަމަށާއި އެ ރަށަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި ދެ ދުވަސް ވަންދެން މިދިޔަ މަހު އިހުތިޖާޖު ކުރި އެވެ. ހުޅިދޫގައި ކުރި އެ އިހުތިޖާޖު ނިންމާލީ ވ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ. އެކަމަކު އޭގެ ފަހުން ކުރި މަޝްވަރާތައް ވެސް ކޮޅެއްގައި ނުޖެހި ނިމުނީ އެވެ.
ވ. އަތޮޅު ކައުންސިލުން ބޭނުންވަނީ ހުޅިދު އާއި އާންބާރާ އެ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އެ އަތޮޅުގެ ރައްޔިތުންނާއި ރަށްރަަށަށް ދާ ޓޫރިސްޓުން ޕިކްނިކް ދާނެ ރަށްތަކެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށެވެ.
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން
ހުޅިދޫގެ މައްސަލާގައި ވަކި ގޮތެއް ނުނިންމުނު
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު
ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި
ހޯރަފުއްޓަށް ގެއްލުންވީ ބިން ހިއްކިގޮތުން ކަމަށް ވެެދާނެ
އީޕީއޭ އަށް ހަގީގީ މިނިވަންކަމެއް ލިބޭނެ ބާ؟