ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ޕާޓީތައް ޒިންމާ ކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލައިގައި ހިތްހަމަނުޖެހުން އުފެދިއްޖެ އެވެ.
25 ޑިސެމްބަރ 2018
ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ޕާޓީތައް ޒިންމާ ކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލައިގައި ހިތްހަމަނުޖެހުން އުފެދިއްޖެ އެވެ.
މި ބަހުސް ފެށުނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ލީޑަޝިޕުން އާ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުންނެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ބަހަނާއަކަށް ދައްކަނީ، ޕީޕީއެމްގައި އުފެދިފައިވާ ގާނޫނީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމެވެ. ޕާޓީގެ ރައީސްގެ މަގާމުން ޔާމީން ދުރުކޮށް، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ސިޔާސީ ބާރުވެރިކަން ހޯދަން އާ ޕާޓީއެއް އުފައްދާއިރު، ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން ޕީޕީއެމުން ކުރި ޚަރަދުތަކުން ޕާޓީ އޮތީ ދަރަނިވެރިވެފަ އެވެ. ސައްހަ އަދަދު އާއްމު ނުވި ނަމަވެސް މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ލަފާކުރައްވާ ގޮތުގައި، ބައެއް ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 20 މިލިއަން ރުފިޔާ އިން މަތީގަ އެވެ. އަނެއް ބައެއްގެ އަންދާޒާ އުޅެނީ އެއަށް ވުރެ މާ މަތީގަ އެވެ.
ކެމްޕޭންގައި ކުރި އެކި ދަތުރުތަކުގެ އަގުގެ ގޮތުގައި އެކަނި ވެސް މޯލްޑިވިއަނަށް ވެސް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެ ފައިސާ ހޯދަން އެ އެއާލައިނުން ވަނީ ޕީޕީއެމާ ދެކޮޅަށް ދައުވާކޮށްފަ އެވެ.
ޕީޕީއެމްގެ ދަރަނިތައް އަދާނުކުރަނީސް އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ނުދޭން ވެސް އަންނަނީ ގޮވާލަމުންނެވެ.
PPM dharanithah dhekkēma nooniyya party eh hedhumuge huhdha Yameen ah dhinumakē qabool kurevey kameh noon. Yameenaa #PPM council PPM aa havāluveganegen bodethi adhadhun dharaniveri koffa dharani bo thah gos ehen party eh hedhun huttuvan jehey? https://t.co/zHVSTWGKUu
— Aminath Nadira? (@a_nadraa) December 24, 2018
ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރެއްވި އާމިނަތު ނާދިރާ ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން އާ ޕާޓީއެއް ހެދުމުގެ ހުއްދަ ދޭން ޖެހޭނީ އެ ޕާޓީގެ ދަރަނިތައް ޚަލާސްކުރުމުން ކަމަށެވެ. އެއާޚިލާފަށް އެކަން ދާ ނަމަ ޕާޓީ ހެދުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެކަމަކު، ޕާޓީއެއް ދަރަނިވެރިވެފައި އޮއްވައި އާ ޕާޓީއެއް ހެދިއަސް އެޅޭނެ ގާނޫނީ ފިޔަވަޅެއް ނެތެވެ. މިކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.
މީގެކުރިން ޑީއާރުޕީ އަށް ވެސް ކުރިމަތިވީ ހަމަ މި މައްސަލަ އެވެ. ދެހާސް އަށެއްގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް މައުމޫނަށް ނާކާމިޔާބުވެ އުފެދުނު މައްސަލަތަކުގައި ޕާޓީއާ ފެއަށް ޖެހިވަޑައިގަނެ، ދެ ފަހަރަށް ލީޑަޝިޕް ބަދަލުވެފައި ވިޔަސް އެ ޕާޓީ އަދިވެސް އޮތީ ދަރަނިވެރިވެފަ އެވެ. ކެމްޕޭނަށް އެކި މީހުން ލައްވައި ކުރި މަސައްކަތްތަކާއި ކުރުވި ޚަރަދަށް އަދިވެސް ފައިސާއެއް ނުދައްކަ އެވެ. އެކަމުގައި ޒިންމާވާނެ މީހަކު ވެސް ނެތެވެ.
Siyaasee party thakuge dharannah e dharani negi iru e party ge maalee ehme isveriyaa zinmaa kurevey gothah gaanoonah islaah gennan jehey. Ehen noonee party thah dharani verive nethi hingaidhaane.
— Ahmed Akram (@akram4535) December 24, 2018
އަކްރަމްގެ ޓުވީޓް.
އަކްރަމް ވިދާޅުވީ ޕީޕީއެމް ދަރަނިވެރިވެފައި އޮތް ކަމުގައި ވިޔަސް އެ ޕާޓީގެ ލީޑަޝިޕް ބޭފުޅުން އާ ޕާޓީއެއް ހެދުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތީ އެ ޕާޓީއެއްގައި ތިއްބެވި އިސް ބޭފުޅުން ދަރަންޏަށް ޒިންމާކުރެވޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހެއް. މިކަމުގައި ކޮމިޝަންގެ މެމްބަރުންނާ މަޝްވަރާކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
އެ އިސްލާހު ގެންނަން ޖެހެނީ، އަކްރަމް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް، އެ ދަރަނި ނެގިއިރު އެ ޕާޓީއެއްގެ މާލީ އެންމެ އިސްވެރިޔާ ނުވަތަ ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ޒިންމާ ކުރެވޭ ގޮތަށެވެ. އެހެން ނޫނީ ޕާޓީތައް ދަރަނިވެރިވެ، ނެތި ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އީސީން ބައްދަލުކުރަނީ
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި
އެހެން މިހެން: އިލެކްޝަނުން ހާދަ ކަންބޮޑުވަނީ!
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
ކާމިޔާބީއަށް ބަލައި ޕާޓީތަކަށްފައިސާ ދޭން އިސްލާހެއް
"ފޯމު ހުށަހަޅަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން"
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން
ފައިސާ ދޫކުރަންވާ އިރަށް އެތައް ހާސް ފޯމެއް!
މި އަހަރު ވެސް ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް