ޓީއެމްއޭ އިން ނުވަތަ އެހެން ބަޔަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފައިސާ ދޭން ނޫޅޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ނުވެސް ކެރޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
18 ފެބުރުއަރީ 2020
ޓީއެމްއޭ އިން ނުވަތަ އެހެން ބަޔަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފައިސާ ދޭން ނޫޅޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ނުވެސް ކެރޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އެހެން ވިދާޅުވީ، އެމްއޭސީއެލް އިން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އެ ކުންފުނިން އެމަނިކުފާނަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އިއްޔެ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޝްވަތު ދިނުމާއި ދޭން އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ވަކިކަމެއް ވަކިގޮތަކަށް ކުރުވުމުގެ ބޭނުމުގައި އެއްވެސް ބޭފުޅަކު އެމަނިކުފާނާ ރަހުމަތްތެރި ވެ ނޫޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދިނުމުގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ޓީއެމްއޭ އަކުން ވެސް އެމަނިކުފާނަށް ފައިސާ ދޭން ނޫޅޭނެ އެވެ. އަދި އެކަން ކުރަން ވެސް ނުކެރޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. މީހަކު އެކަމަކާ ނުވެސް ވިސްނާނެ. ދެއްވަން އުޅުއްވަބައްލަވާ ދެން، އެއްވެސް މީހަކު އަޅުގަނޑަށް އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ވަރަށް އިތުބާރާއި ޔަގީންކަމާ އެކު ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތު ދިނުމާއި ހިފުން ،ރިޝްވަތު ދޭން އުޅުން އަދި ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލައި ހުރުމަކީ ވެސް ކުށެއް ކަމަށެވެ.
"އެހެންވީމާ އެއްވެސް ބޭފުޅަކު ރިޝްވަތުގެ ގޮތުގައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި އަޅުގަނޑާ ރަހުމަތްތެރިވެ، ވާހަ ކަދައްކައި ނުހެއްދެވުުމަށް ވަރަށް އަދަބުވެރިކަމާ އެކު އަޅުގަނޑު އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލް ދޫކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ އުސޫލު އެ ކުންފުނިން ގަބޫލު ނުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ ހުށަހެޅުމަކީ ޓީއެމްއޭއަށް ގެއްލުން ވާނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. މީހަކު އެކަމަކާ ނުވެސް ވިސްނާނެ. ދެއްވަން އުޅުއްވަބައްލަވާ ދެން، އެއްވެސް މީހަކު އަޅުގަނޑަށް އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ނަޝީދު
ސަރުކާރުން ހުށަހަޅާފައި ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި، ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ. އެ އަށް ފަހު ބާކީ އޮންނަ ޖާގަ ދޫކުރާނީ ބިޑް އުސޫލުން މާކެޓްގެ އަގުގައި ކަމަށް އުސޫލާ ހަވާލާ ދެއްވައި ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް
ޓާމިނަލް ދޭން އުޅުނީ ގެއްލުމުގައި، ޖިނާއީ ތަހުގީގެއް
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު
"ސީޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމަން ޖެހޭ"
ސީޕްލޭން ޓާމިނަލް ކުއްޔަށްދޭން ހުރަހެއް ނެތް: އޭސީސީ
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ