27 ޑިސެމްބަރ 2018
އަންނަ އަހަރު ގްރޭޑް އެކަކަށް ވަންނަ ހުރިހާ ކުދިންނަށް ރީ ޔޫސަބަލް ފުޅި ދިނުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްފި އެވެ.
އަންނަ އަހަރު ގްރޭޑް އެކަކަށް ވަންނަ ހުރިހާ ކުދިންނަށް ރީ ޔޫސަބަލް ފުޅި ދިނުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްފި އެވެ.
ސުފަ ފެންފުޅި ދޫކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ހަވީރު ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އަބްދުﷲ ނަސީރާއި ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު މުނީރު ސަފިލްދީން އެވެ.
އެ ޕްރޮގްރާމް ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ވޭތުވެދިޔަ 40 ވަރަކަށް އަހަރު ވެސް ރާއްޖެއަކީ ތިމާވެށްޓަށް ސަމާލުކަން ދޭ ގައުމެއް ކަމަށް ވިޔަސް، އެކި ސަބަބުތަކާ ހެދި ޕްލާސްޓިކް ބޭނުން ކުރުން އިތުރުވަމުން ގޮސްފައިވާ ކަމަށެވެ. ޕްލާސްޓިކް މަދު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެގޮތުން އެއްފަހަރު ބޭނުންކުރާ ކޮތަޅު ސްކޫލްތަކުގައި މިހާރު ބޭނުން ނުކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިއަދު ފެށި ޕްރޮގްރާމްގެ ދަށުން ވެސް ޕްލާސްޓިކް މަދުކުރަން މަގުފަހިވާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.
"މިކަމުން އަޅުގަނޑުމެންނަށް މި ކުޑަ ކުރެވެނީ ޕްލާސްޓިކަށް އޮންނަ ޑިމާންޑް ނުވަތަ ބޭނުން ކުރެވޭ މިންވަރު. ސަޕްލައި ނުވަތަ އުފައްދާ މިންވަރު ކުޑަ ކުރުމާއި ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭ ތަކެތި އަގު ހެޔޮކޮށް، ފަސޭހައިން ލިބުމަކީ ވަށާ ޖެހޭ ގޮތަކަށް ޕްލާސްޓިކް މަދުކުރަން ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ވާހަކަ ދައްކަވަނީ --މިހާރު ފޮޓޯ/އަހުމަދު ނިޝާތު
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އިތުރުން އޭގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ވެސް އޭގެ ނުރައްކާތައް މިހާރު ވަނީ ފޯރައިފަ އެވެ. އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގައި ހުންނަ ކެމިކަލްތަކަކީ އޭގެ ސަބަބުން ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމެއް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަމުން ދުރުވާން ސްކޫލްތަކާއި ބެލެނިވެރިންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދޫކުރާ ފުޅިތަކަކީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅިތަކުގައި ހުންނަ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ބީޕީއޭ އެއްވެސް ވަރަކަށް ނުހިމެނޭ ފުޅި ކަމަށެވެ. އަދި އެ ފުޅިއަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ފުޅިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީޕީއޭއާ ދެކޮޅަށް ދުނިޔޭގައި ވެސް ވަރުގަދަ ކެމްޕެއިންތަކެއް ކުރެވެމުންދާ ކަން ފާހަގަ ކުރައްވައި، ނަސީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގައި ވެސް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅިތައް ބޭނުން ކުރުން ހުއްޓުވާލުން ކަމަށެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވެސް އެފަދަ ފުޅިތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައި، އެހެންވީމަ މިއީ އަޅުގަނޑުމެންގެ އަމާޒަކީ. މުޅި ރާއްޖެ އާއި ޚާއްސަކޮށް އަޅުގަނޑުމެންނާ އެންމެ ކައިރިން ފެންނަ މިނިސްޓްރީތަކާއި ސަރުކާރުގެ އެކި ތަންތަނުގައި އެއްވެސް ވަރަކަށް ބޭނުން ނުކުރެވި، ހުއްޓާލެވޭނެ ގޮތެއް ހޯދުން މީގެ ބޭނުމަކީ،" ނަސީރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާލޭގެ 14 ސްކޫލްތަކާއި ފަސް ޕްރީ ސްކޫލަކަށް ސުޕަ ފެންފުޅި ހަދިޔާކޮށްފަ އެވެ. ޔުނިސެފްގެ އެހީއާ އެކު ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ވެސް ގްރޭޑް އެކަކަށް ވަންނަ ހުރިހާ ދަރިވަރުންނަށް ވެސް އެ ފުޅި ހިލޭ ދޫކުރާނެ އެވެ.
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން
ހަތަރު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ: މިނިސްޓަރު
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު
ފޮތްތައް ހަވާލުކުރަން އޮތީ ޖެނުއަރީ 13: މިނިސްޓަރު