އަހަރެމެންނަށް މިއީ އާ ވާހަކައެއް ނަމަވެސް، ޗައިނާ ސްކޫލްތަކުގައި ސްމާޓް ޔުނީފޯމް ބޭނުންކުރާތާ ދެތިން އަހަރު ވެއްޖެ އެވެ. މިއީ އަޖުމަ ބެލުމަށް ހިންގާ ޕްރޮގްރާމެއް ނަމަވެސް، ސަމާލުވާންޖެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި މަސައްކަތްތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ.
30 ޑިސެމްބަރ 2018
އަހަރެމެންނަށް މިއީ އާ ވާހަކައެއް ނަމަވެސް، ޗައިނާ ސްކޫލްތަކުގައި ސްމާޓް ޔުނީފޯމް ބޭނުންކުރާތާ ދެތިން އަހަރު ވެއްޖެ އެވެ. މިއީ އަޖުމަ ބެލުމަށް ހިންގާ ޕްރޮގްރާމެއް ނަމަވެސް، ސަމާލުވާންޖެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި މަސައްކަތްތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ.
ސްމާޓް ޔުނީފޯމްގެ އަސާސީ ބޭނުމަކީ ހާޒިރީ ބެލެހެއްޓުމެވެ. ކުދިން ބަރާބަރަށް ސްކޫލަށް އާދޭތޯ ބެލުމެވެ. ސްކޫލުން ބޭރުގައި ޔުނީފޯމް ލައިގެން ދަރިވަރުން އުޅޭ ނޫޅޭ ގޮތް ބެލުމަކީ ފުރަތަމަ ސްޓޭޖްގައި އެހާ ބޮޑަށް އަޅާލާ ކަމެއް ނޫން ކަމަށް ސްކޫލްތަކުން ބުނެ އެވެ. ނަމަވެސް، އެ ކުއްޖަކަށް ދީފައި އޮންނަ ޔުނީފޯމް ލައިގެން ސްކޫލަށް ވަންނަނީ އެ ކުއްޖާތޯ ބަލަމުން އަންނަ ކަމަށް ސްކޫލްތަކުން ބުނެ އެވެ.
ސްކޫލަށް ވަންނަ ދޮރާށީގައި "ފޭޝަލް ރިކޮގްނީޝަން" ސިސްޓަމް ހަރުކޮށްފައި ހުރެ އެވެ. ބޭނުމަކީ، ޔުނީފޯމް ބަދަލުކޮށްގެން ކުދިން ސްކޫލަށް ވަދޭތޯ ބެލުމެވެ. އެ ކުއްޖަކަށް ދީފައި އޮންނަ ޔުނީފޯމް އެހެން ކުއްޖަކު ލައިގެން ސްކޫލަށް ވަދެފި ނަމަ، ރަނގަބީލެއް ޖެހެ އެވެ. ކުލާސް ގަޑީގައި ނިދިޔަސް ޔުނީފޯމުން އެކަން އަންގައިދެ އެވެ. އަދި ސްކޫލް ގަޑިގައި ސްކޫލު ދޫކޮށް ދާން އުޅެފި ނަމަ ވެސް، ކޮންޓްރޯލް ރޫމަށް އެކަން އަންގައިދެ އެވެ.
ސްމާޓް ޔުނީފޯމްގެ ކޮންމެ ކޮނޑެއްގައި މައިކްރޮ ޗިޕެއް ވަޅުލާފައި ވެ އެވެ. ކުދިން އުޅޭ ނޫޅޭ ގޮތް ޓްރެކްކުރަނީ މި ދެ ޗިޕްގެ އެހީގަ އެވެ. ޔުނީފޯން އުފައްދާފައި ވަނީ ދޮވެވޭ ގޮތަށެވެ. ޔުނީފޯމް އުފެއްދި ކުންފުނިން ބުނާ ގޮތުގައި، 500 ފަހަރު ޔުނީފޯމް ދޮވެވޭނެ އެވެ.
ޔުނީފޯމް އުފައްދަން ބޭނުންކޮށްފައި ވަނީ އަންދާލަން އުނދަގޫ މާއްދާއަކުންނެވެ. އެހެންކަމުން، ޔުނީފޯމެއް ނައްތާލުމަކީ ކުދިންނަށް ކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ.
އެންމެފަހުން އެމެރިކާ އަށް ވާވޭގެ އެހީ ބޭނުންވެއްޖެ
ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ
ވެކްސިން ނުޖަހާ އާއިލާތަކުގެ ކުދިން ސްކޫލަކަށް ނުދެވޭނެ
ނޭޕާލްގައި މެންޑަރިން ކިޔަވައިދޭން ޗައިނާ ޓީޗަރުން ހިލޭ
ކޮވިޑް-19ގެ މީހުންނާ އެކު އިންޓެލް މަސައްކަތުގައި
ވާވޭގެ ހައިސިލިކަން ކުއަލްކޮމް އަށް ވުރެ ކުރި އަށް
އެޕަލް ގަޑިއެއް ނޫން، މިއީ އޮޕޯގެ ސްމާޓް ގަޑި
އަލީބާބާ އިން އަމިއްލަ "އޭއައި" ޗިޕެއް ދައްކާލައިފި
5ޖީ އައިފޯނަށް އެޕަލްގެ އަމިއްލަ މޯޑެމް އަވަސްވެދާނެ