Roadha Mihaaru
ކޮވިޑް-19ގެ މީހުންނާ އެކު އިންޓެލް މަސައްކަތުގައި

ކޮވިޑް-19ގެ ބަލި މީހުންނާ އެކު އިންޓެލް މަސައްކަތުގައި

13 މެއި 2020

މުވައްޒަފުންގެ ސިއްހަތަށް އިސްކަންދިނުމަށް ވުރެ، ޗިޕް އުފައްދާ ފެކްޓަރީތައް ހިންގުން އިންޓެލް އަށް މުހިންމު ކަމަށް ބްލޫމްބާގް އިން ބުނެފި އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ތިބި މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުވައި، ބަލިނުޖެހޭ މުވައްޒަފުނާ އެކު މަސައްކަތްކުރުމަށް އިންޓެލް އިން އަމުރުކުރާ ކަމަށް ބުނާ ރިޕޯޓްތަކެއް، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ބްލޫމްބާގުން ބުންޏެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް އިންޓެލް އިން ތަބާނުވާ ކަމަށް ވެސް ވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑަށް ވެސް އިންޓެލް އިން އަމަލެއް ނުކުރެ އެވެ.

އިންޓެލް އަކީ މައިކްރޮޕްރޮސެސާތައް އެންމެ ގިނައިން އުފައްދާ ކުންފުންޏެވެ. ކޮމްޕިއުޓާ ޕްރޮސެސާތަކުން ފެށިގެން ސްމާޓްފޯނުތަކަށް ބޭނުންވާ ރޭޑިއޯ މޯޑެމްތައް ވެސް އިންޓެލް އިން އުފައްދަ އެވެ. ކޮރޯނާވައިރަހާ ހެދި މުޅި ދުނިޔެ ތަޅުލެވިފައި އޮތްއިރު، ކޮމްޕިޔުޓަރުތައް އަދި ނެޓްވޯކް ސާވާތައް ބާރުގަދަކުރަން ވަނީ މަޖުބޫރުވެފަ އެވެ. ޓެކްނޮލޮޖީ ކުންފުނިތަކަށް ކުރިމަތިވެފައި އޮތް ބޮޑު "ޑިމާންޑް" އެއްހަމަކުރުމަށް ޗިޕް އުފައްދާ އަދަދު ވަނީ އިތުރުކުރަން ޖެހިފަ އެވެ.

އިންޓެލް އިން މުވައްޒަފުންނާ މެދު އަމަލުކުރަމުން ދާ ގޮތް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. މުވައްޒަފުންނަށް މި މައްސަލަތައް ބައިދޭނެ ބަޔަކަށް ބޭނުންޖެހިފައި ވާއިރު، އެއިން އެކަކުވެސް އަމިއްލަ ނަމުގައި ފާޅުވާކަށް ބޭނުމެއް ނުވެ އެވެ. އެއީ ވަޒީފާ ގެއްލުމުގެ އިތުރުން ކުންފުނިން ދަތިކޮށްފާނެ ކަމަށް ބިރުންނެވެ. ބެލެވޭ ގޮތުގައި، ބްލޫމްބާގް އާ ގާތް ގުޅުމެއް އޮންނަ ބަޔަކު މިހާރު ވަނީ މި މައްސަލައިގެ ތެރެ އަށް ވަދެފަ އެވެ.