އަމިއްލަ ޓެކްނޮލޮޖީގައި "އޭއައި" ޗިޕެއް އެންމެ ފުރަތަމަ އުފެއްދި ޗައިނާ ކުންފުންޏަކީ ވާވޭ އެވެ. ނަމަވެސް، ޗައިނާގައި "އޭއައި" ޗިޕް އަމިއްލަ އަށް އުފައްދަން ދަންނަ ހަމަ އެކަނި ކުންފުންޏަކީ ވާވޭއެއް ނޫނެވެ. މި ލިސްޓްގައި އަލީބާބާ ވެސް ހިމެނިއްޖެ އެވެ.
28 ސެޕްޓެމްބަރ 2019
އަމިއްލަ ޓެކްނޮލޮޖީގައި "އޭއައި" ޗިޕެއް އެންމެ ފުރަތަމަ އުފެއްދި ޗައިނާ ކުންފުންޏަކީ ވާވޭ އެވެ. ނަމަވެސް، ޗައިނާގައި "އޭއައި" ޗިޕް އަމިއްލަ އަށް އުފައްދަން ދަންނަ ހަމަ އެކަނި ކުންފުންޏަކީ ވާވޭއެއް ނޫނެވެ. މި ލިސްޓްގައި އަލީބާބާ ވެސް ހިމެނިއްޖެ އެވެ.
އޮންލައިން ވިޔަފާރީގައި ކުރި ހޯދާފައިވާ އަލީބާބާ އިން އޭއައި ޗިޕެއް އުފެއްދީ، މައިކްރޮޗިޕް ވިޔަފާރިކުރަން ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ މީހުން ބުނި ގޮތުގައި، ޗިޕްތައް އެހެން ބަޔަކަށް ނުވިއްކާނެ އެވެ. ޗިޕްތައް ބޭނުންކުރާނެ ކަމަށް ބުނީ އަލީބާބާގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް، އަމިއްލަ ކްލައުޑް ކޮޮމްޕިއުޓިން ސާވާތަކުގައި ކަމަށެވެ.
އަލީބާބާ ގިނަ ބަޔަކު ދަންނަނީ އީކޮމާސް ވިޔަފާރި އަށް ފާޑުވެރި ކުންފުންޏެއް ގޮތުގަ އެވެ. އޭއައި ޗިޕެއް އުފެއްދުމުގެ ބޭނުމަކީ ކޮބައިކަން އޮޅުންފިލުވައިދެމުން، އަލީބާބާ އިން ބުނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތް އަވަސްކުރުމަކީ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ.
"އާޓިފިޝަލް އިންޓެލިޖެންސް" – އޭއައި ޗިޕްތައް އާންމު ގޮތެއްގައި ބޭނުންހިފަނީ ރޮބޮޓިކް މެޝިންތަކަށް އުނގަނައިދިނުމަށެވެ. ފެކްޓަރީތަކުގައި އެއް ޒާތެއްގެ މަސައްކަތްތައް ކުރުވާ ރޮބޮޓްތައް ކުރަންޖެހޭ މަސައްކަތްތައް ކުރިއާލައި ބުނެދިނުމަށެވެ. ނަމަވެސް، މީހުން ދައްކާ ވާހަކަ ދެނެގަނެ މެޝިން ބަހުރުވަ އަށް ބަދަލުކުރުމުގެ ކުޅަދާނަކަން ޒަމާނީ "އޭއައި" ޗިޕްތަކަށް ލިއްބައިދީފައި ހުރެ އެވެ.
އަލީބާބާ އިން މިހާރު ވެސް އޭއައި ޗިޕްތައް ބޭނުންކުރެ އެވެ. އެއީ ބަސް ތަރުޖަމާކުރުމަށް އަދި މުދާ ހޯދައި އެއްތަންކުރުމަށެވެ. އަލީބާބާ އިން ބުނީ އަލަށް އުފެއްދި ޗިޕް ބޭނުންކުރަން ފެށުމުން، އެ ކަމެއް ކުރަން ކުރިން 60 މިނެޓް ހޭދަވި މަސައްކަތްތައް ފަސް މިނެޓް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ޗައިނާ ކުންފުނިތަކުން ސިލިކަން ޗިޕް މާކެޓަށް ބާރުގަދަކުރުމަކީ އެމެރިކާ ފަދަ ވާދަވެރި ގައުމުތަކަށް އުނދަގުލަކަށް ވާނެ ކަމެކެވެ. ޗއިނާ އިން ބޭނުންވަނީ މައިކްރޮ ޗިޕް ސިނާއަތުގައި އެމެރިކާ އަށް ބަރޯސާނުކޮށް އަމިއްލަ އަށް ކުރި ހޯދައި، ބާރުގަދަކުރުމެވެ.
ކޮވިޑް-19ގެ މީހުންނާ އެކު އިންޓެލް މަސައްކަތުގައި
5ޖީ އައިފޯނަށް އެޕަލްގެ އަމިއްލަ މޯޑެމް އަވަސްވެދާނެ
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ
ސެމްސަންގުގެ ފައިދާ ދަށަށް؛ ބުނަނީ ވާވޭއާ ހެދި ކަމަށް
އެންމެފަހުން އެމެރިކާ އަށް ވާވޭގެ އެހީ ބޭނުންވެއްޖެ
ޗައިނާ ސްކޫލްތަކުގައި ސްމާޓް ޔުނީފޯމް ބޭނުންކުރަނީ
ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ
އައިފޯނަށް ސެމްސަންގުން ހެދީ ފެންވަރު ދަށް ޗިޕްތަކެއް؟
ސެލްފީތަކެއް ވިއްކައިގެން މިލިއަނަރަކަށް
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"