ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
31 ޑިސެމްބަރ 2018
ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދާއި ކެންޓީން ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާ އެކު ވަކި ޚާއްސަ ފީއެއް ދެއްކުމުންނެވެ.
ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނަ ހުރުމާ އެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމުގެ އިތުރުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި އެ ފިހާރައެއް ހިންގާ ނަމަ އެވެ.
އެކަމަކު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުނެގިޔަސް، ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ގަވާއިދުތަކަށް ގެނައި އިސްލާހުތައް ބުނާގޮތުން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެންޓީންތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެވޭނީ މެންދަމު 1 އިން ފެށިގެން ފަތިހުު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި އެތަންތަނުގެ އެތެރެ އަލިކޮށްފައި ހުރުމުގެ އިތުރުން 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި އެތަނެއް ހިންގާ ނަމަ އެވެ. އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
އެ އިސްލާހުތައް ބުނާގޮތުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައާ ޚިލާފްވާ ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފްވާ ނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާނެ އެވެ. އަދި އެ ހުއްދަ ނެގުމަށް ފަހު، 24 ގަޑިއިރު ވިޔަފާރި ނުކުރާ ނަމަވެސް އެ ހުއްދަ ބާތިލްކުރާނެ އެވެ.
ގަވާއިދަށް ގެނައި ބަދަލުތައް ބުނާގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ޝަރުތުތައް ފުރިހަމަވުމާ އެކު، 2،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އެ ހުއްދަ ދޭނީ ކޮންމެ ފަހަރަކު 2 އަހަރުގެ މުއްދަތަށެވެ. އަދި އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެ އެވެ.
24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދު ކަނޑައަޅައިފި
24ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގެ ފިހާރަތަކަށް
24 ގަޑި އިރުގެ ވިޔަފާރި: އާންމުންގެ ހިޔާލު ތަފާތު
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް
24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާލުމަށް ހިޔާލު ހޯދަނީ
ރޯދަމަހުގެ ދަންވަރު 1 ޖަހަންދެން ފިހާރަތައް ހުޅުވޭނެ
ހުޅުމާލޭގައި ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދެނީ
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
ރޯދަ މަހު ވިޔަފާރި ކުރެވޭ ގަޑިތައް ކަނޑައަޅައިފި
ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިއަށް ދެ ސަރަހައްދެއް