22 ޖެނުއަރީ 2019
މާލޭ އާއި ވިލިމާލޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އާންމުކޮށްފި އެވެ.
މާލޭ އާއި ވިލިމާލޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އާންމުކޮށްފި އެވެ.
ވަކި ޝަރުތުތަކާ އެކު ކެފޭ އަދި ފިހާރަތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ހުއްދަ ދޭނީ ސިޓީ ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުތަކުގައި ހުންނަ ތަންތަނަށް އެކަންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މާލެ އަދި ވިލިމާލޭގައި ދޭނީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާއި ސޯސަންމަގާއި ޖަނަވަރީ މަގާއި ކަނބާ އައިސަރަނި ހިނގުމާއި ފަރީދީމަގާއި މެދު ޒިޔާރަތް މަގުގެ އިތުރުން ބުރުޒުމަގާއި އޯކިޑްމަގާއި އަމީނީމަގާއި ލޮނު ޒިޔާރަތް މަގާއި ވިލިނގިލި ފެރީ ޓާމިނަލް ސަރަހައްދު އަދި ޗާންދަނީމަގުގައި ހުންނަ ތަންތަނަށެވެ.
އެ އިއުލާނުގައިވާ ގޮތުން ފިހާރަތަކުގެ ތެރެއިން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ވިއްކޭނީ ޒަރޫރީ ކަންކަމަށް ބޭނުންވާ އެއްޗެހި އެކަންޏެވެ. އަދި އެ ހުއްދަ ދޭނީ އެއިން ކޮންމެ ތަނެއް ވަކިވަކިން ބަލައި، ޗެކްކުރުމަށް ފަހު ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އެ ހުއްދަ ދޭ ތަންތަން ނަމާދު ވަގުތަށް ބަންދުކުރާ ކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތުތަކެއް ވެސް ޚިދުމަތް ދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ފިހާރަތައް ހުންނަންޖެހޭނީ އެތެރެ ފެންނަ ގޮތަށެވެ. އަދި 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުންނަންޖެހޭނެ އެވެ. އަދި ރެސްޓޯރެންޓްތަކަށް އެ ހުއްދަ ދެނީ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ބެހެއްޓުމާއި ކެމެރާ ހުރުމުގެ އިިތުރުން މެންދަމު 1:30 ގެ ފަހުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރާ ގޮތަށެވެ. އެކަމަކު ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދޭނެ އެވެ.
މި ހުއްދަ ދެނީ 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފުވާ ނަމަ، އެއްކޮށް ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
24ގަޑިއިރަށް ހިންގަން ޓާމިނަލް ފިހާރައަށް ހުއްދަ ދީފި
24ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގެ ފިހާރަތަކަށް
24 ގަޑި އިރުގެ ވިޔަފާރި: އާންމުންގެ ހިޔާލު ތަފާތު
24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާލުމަށް ހިޔާލު ހޯދަނީ
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
މާލޭގައި 24ގަޑިއިރު ހިންގަން 3 ކެފޭއަކަށް ހުއްދަދީފި
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް
ޝަރުތުތަކާ އެކު 24 ގަޑިއިރުގެ ވިޔަފާރިއަށް ހުޅުވާލަނީ
ރޯދަމަހުގެ ދަންވަރު 1 ޖަހަންދެން ފިހާރަތައް ހުޅުވޭނެ
ހުޅުމާލޭގައި ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދެނީ