މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
02 ޖެނުއަރީ 2019
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖެންޑާގެ މިނިސްޓްރީގެ ތިން ވަނަ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ މ. ޖަވާހިރުވާދީ އިފްހާމް ހުސެއިން ކަަމަށެވެ. އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި އިފްހާމަކީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ޑެޕިއުޓީ އެޓާނީއަކަށް އައްޔަންކުރެއްވި ހަދީޖާއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލަކަށް އައްޔަންކުރެއްވީ މ. ނިޔަދުރުމާގެ ހަދީޖާ ޝަބީނެވެ.
އިފްހާމަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން އާލީ ޗައިލްޑްހުޑުން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް، ދުބާއީގައި ދެމުން އަންނަ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ ޕްރިންސަސް ހަޔާ ފޯ ސްޕެޝަލް އެޑިއުކޭޝަންގެ އެވޯޑު 2015 ގައި ލިބިވަޑައިގަތެވެ. އަދި، 2016 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ޑިސެބިލިޓީ އެވޯޑް ވެސް ދީފައިވެ އެވެ. މީގެ އިތުރުން ރެހެންދި އެވޯޑު 2017 ގައި ލިބިވަޑައިގަތެވެ.
ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި އިފްހާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
ހަދީޖާ އަކީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ މެލްބާން ޔުނިވާސިޓީން ގާނޫނީ ދާއިރާއިން އޮނާސް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގެ އިތުރުން އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެެވެ.
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު
އަލީސޯލިހާއި އަފްޒަލް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް
އައިޝަތު ރަޝީދާއި ޝުކޫރު ހެލްތު މިނިސްޓްރީއަށް
ސަސްޕެންޑްކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން
އައިޝާއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ޖެންޑާ މިނިސްޓަރަކަށް އައިޝާ އައްޔަން ކުރައްވައިފި
ކުރީގެ މެމްބަރު ރުގިއްޔާއަށް އެންސްޕާގެ އިސް މަގާމެއް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފި
ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން