ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓެކްނޮލޮޖީ މިނިސްޓްރީ މިއަދު އުވައިލެއްވުމާ ގުޅިގެން އެ މިނިސްޓްރީގައި ތިއްބެވި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް އެންވަޔަރުމެންޓް މިނިސްޓްރީ އަށް މިއަދު ބަދަލުކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓެކްނޮލޮޖީ މިނިސްޓްރީ މިއަދު އުވައިލެއްވުމާ ގުޅިގެން އެ މިނިސްޓްރީގައި ތިއްބެވި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް އެންވަޔަރުމެންޓް މިނިސްޓްރީ އަށް މިއަދު ބަދަލުކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރެއްވީ، ޓެކްނޮލޮޖީ މިނިސްޓްރީގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރުމުންނެވެ. މި ބަދަލާއެކު، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާ ނަމަކީ، "މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ" އެވެ.
އެ މިނިސްޓްރީގެ މިނިސްޓަރަކަށް ރައީސް އައްޔަން ކުރެއްވީ، މިހާތަނަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އެވެ.
އަލީ ސޯލިހާއި އަފްޒަލް އަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަކީ މި ސަރުކާރުގައި ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދީއްސުރެ އެ ތަނުގައި އުޅުއްވި ބޭފުޅުންނެވެ.
އަލީ ސޯލިހު މަގާމަށް ވަޑައިގަތީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ އަކީ އެ ޕާޓީގެ އިސް ތަރުޖަމާނު އަދި ކައުންސިލް މެމްބަރެކެވެ. އަފްޒަލް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ މެމްބަރެކެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އުވައިލެއްވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މަގާމަށް ވަޑައިގެންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގައި ނަގައި އޭނާ މަގާމުން ވަކި ކޮށްފައި ވަނިކޮށެވެ. މަލީހް ވަކިކުރުމުން މިހާތަނަށް އެ މިނިސްޓްރީ އަށް ވަޒީރަކު ހަމަނުޖައްސައި ވަގުތީ ގޮތުން އެ ތަން ބެލެހެއްޓެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
ނުވަ ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު
ޝަރީފް، އެންވަޔަރުމެންޓްގެ ސްޓޭޓް މިނިސްޓަރަކަށް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ އެޓާނީއަށްް ބޭފުޅަކު
ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފި
ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން
ދެ މިނިސްޓްރީއަކަށް ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސައިފި
އިތުރު ތިން ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވައިފި
ދެ މިނިސްޓްރީ އަކަށް ނައިބުން އައްޔަން ކުރައްވައިފި