Roadha Mihaaru
ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން

ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން

11 ޑިސެމްބަރ 2018

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ސ. ހިތަދޫ ޖަނަވަރީމާގޭ އަހުމަދު ނުއުމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ސ. ހިތަދޫ ޖަނަވަރީމާގޭ އަހުމަދު ނުއުމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ހުވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ނުއުމާން މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ހުވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ނުއުމާން މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، ކަސްޓަމްސްގެ އިސްވެރިއަކަށް ނުއުމާން އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ފެންވަރުގައި ކަމަށެވެ.