09 ޖެނުއަރީ 2019
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފްއެޗްއެސް)ގެ ޑީންގެ މަގާމަށް ޑރ. ފަޒީލާ ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފްއެޗްއެސް)ގެ ޑީންގެ މަގާމަށް ޑރ. ފަޒީލާ ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ އިން 2016 ވަނަ އަހަރު ހެލްތު ސާވިސަސް މެނޭޖްމަންޓުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަޒީލާ މީގެ ކުރިން ވެސް ވަނީ އެމްއެންޔޫގައި އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.
ޑީންކަމުގެ މަގާމު ހަވާލުކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ފަޒީލާ ވިދާޅުވީ މި ދާއިރާއާ ގުޅޭ ދިރާސާކުރުން މުހިންމު ކަމަށާއި އެކަމާ މެދު އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ ޑީންޝިޕްގެ ދަށުގައި، އެފްއެޗްއެސްގައި މިހާރު ހުރި ކޯސްތައް ތަރައްގީކޮށް، އިތުރު ކޯސްތައް ތައާރަފްކޮށް، ރިސާޗްކުރިއަރުވައި، ތަނުގެ ހިންގުން މިހާރަށް ވުރެ ތަރައްގީކުރުން،" ފަޒީލާ ވިދާޅުވި އެވެ.
ފަޒީލާ މި ދާއިރާއިން ކިޔަވައިދެއްވަން އޭނާ އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު، އޭރުގެ އިންސްޓިޓުޓް އޮފް ހެލްތު ސައިންސަސްގައި އެސިސްޓަންޓް ޓިއުޓަރެެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެމްއެންޔޫން ވަކިވިޔަސް، އޭނާ ވަނީ 2016 ގައި އެ ޔުނިވާސިޓީގެ ރިސާޗް ސެންޓަރަށް އަލުން ގުޅިވަޑައިގެންފަ އެވެ. މި މަގާމުގައި ހުންނެވިއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާތަކުގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގަ އާއި ރީސާޗަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ
ވިލިމާލޭގެ ޑައިވިން ޕޮއިންޓް މަރާމާތުކުރާތީ ކަންބޮޑުވަނީ
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
މުސާރަ ކުޑަވެފައި މަސައްކަތުގެ ވަގުތު ނޭނގެ: ޓީޗަރުން
"ޓީޗަރުންނަށް މި ސަރުކާރުން ދެރަ ގޮތެއް ނުހަދާނެ"
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
އެމްއެންޔޫގެ ފަސްކުރި ދަސްވެނިވުން އަންނަ މަހު
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ޕްރައިމަރީ ޓީޗަރުންނަށް 15 ސްކޮލާޝިޕެއް ތައާރަފުކޮށްފި