މީގެ ފަސް އަހަރު ކުރިން ހުޅުވި ތ. ތިމަރަފުށި އެއާޕޯޓަށް، ރޭގަނޑު ދަތުރުތައް ފަށަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ނިންމައިފި އެވެ.
14 ޖެނުއަރީ 2019
މީގެ ފަސް އަހަރު ކުރިން ހުޅުވި ތ. ތިމަރަފުށި އެއާޕޯޓަށް، ރޭގަނޑު ދަތުރުތައް ފަށަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ނިންމައިފި އެވެ.
މިކަން ފެށުމަށް މާދަމާ ރޭ އެ ކުންފުނިން ރަސްމިއްޔާތެއް ބާއްވާނެ އެވެ.
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ރަންވޭގައި ލައިޓް ހަރުކޮށް ނިންމިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް ވެސް ރޭގަނޑު އެ އެއާޕޯޓަށް ދަތުރެއް ނުކުރެ އެވެ.
ތިމަރަފުށީގެ އެއާޕޯޓު ހުޅުވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އެވެ. އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހު އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރި ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. މި މަސައްކަތް ހަވާލުކުރީ 32 މިލިއަން ރުފިޔާއަށެވެ.
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު
ގަމާއި ދެކުނުގެ އެއާޕޯޓްތަކާ ދެމެދު ދަތުރުތައް ފަށަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި