Roadha Mihaaru
ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި

ސުއޫދު ހަތަރު މަހަށް ސަސްޕެންޑް ކޮށްފި

09 އޮކްޓޯބަރ 2018

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި އެވެ.

ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ހަތަރު މަހަށް ސުއޫދު ސަސްޕެންޑް ކުރަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި އޭނާއާ ހަވާލާދީ އެދުވަހު މީޑިއާއެއްގައި ލިޔެފައި ޚަބަރަކާ ގުޅިގެންނެވެ. އެ ޓްވީޓާއި ޚަބަރުގައި ސުއޫދު ވިދާޅުވެފައިވަނީ 2013 ގެ ރިޔާސީ ދައުރު ނޮވެމްބަރު 17 އާ ހަމައަށް ދެމިގެން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއްގެ ސަބަބުން ކަމަށެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައިވަނީ ސުއޫދުގެ އެ އަމަލަކީ ވަކީލުންނާ ބެހޭ ގަވާއިދާ ޚިލާފް އަމަލަކަށް ވާތީ އެއްވެސް ކޯޓަކާއި ޓްރައިބިއުނަލެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ހަތަރު މަސް ދުވަހަށް ސުއޫދު ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސުއޫދު ހަތަރު މަހަށް ސަސްޕެންޑް ކުރިއިރު، އެ މައްސަލަ ބަލަމުންދާތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ.

މީގެކުރިން ވެސް ސުއޫދާއި އެހެން ބައެއް ވަކީލުން ސަސްޕެންޑް ކޮށްފައިވެ އެވެ.