15 ޖެނުއަރީ 2019
އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން 14 ގަވާއިދެއް ވަކި މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހަދަން ޖެހުނަސް އެ ގަވާއިދުތައް ހަދާފައެއް ނުވެ އެވެ. އެ ގަވާއިދުތައް ހަދަން ކޯޓުން މިއަދު އަމުރުކުރީ އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ މަހު ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، އެ ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުން އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން މިއަދު ވަނީ އޭގެ ތެރެއިން 13 ގަވާއިދެއް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އޭގެ ތެރޭގައި ބިލްޑިން ކޯޑާއި އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ބެހޭ ގަވާއިދު ވެސް ހިމެނެ އެވެ.
ސަލާމަތީ މިންގަނޑުތަކާ ބެހޭ ގަވާއިދު މި މަސް ނިމުމުގެ ކުރިން ހަދައި، އާންމު ކުރަން އަމުރު ކޮށްފައިވާއިރު، ދެން ހުރި ގަވާއިދުތައް ހަދަން އަންނަ މާޗް މަހުގެ އެކި ތާރީޚުތަކާ ހަމައަށް ކޯޓުން ވަނީ މުއްދަތުތަކެއް ކަނޑައަޅައިފަ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ވިޝާމް އެންޑް ކޯ އެލްއެލްޕީ އާއި ރިޒާ، ޝަފްޒީން އެންޑް ކޯގެ އިތުރުން ވަކީލުންތަކެއް ކަމަށްވާ އައިމިނަތު އަރީޖް ހުސައިނާއި ސަފިއްޔާ ތައުފީގާއި ފާތިމަތު ޝަރީފާއި ހައްވާ ޝަފީއާ ރިޒާ އަދި ފާތިމަތު ޝަފްނީޒް ގުޅިގެންނެވެ.
ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ އަންހެން ދަރިފުޅު މަރުވި ހާދިސާއަށް ފަހު ހައުސިން މިނިސްޓްރީންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތް ބަލައިފަ އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނަށް އަލުން ހުއްދަ ދީފި
ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!
އިމާރާތް ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
ޖިއާންގެ މަރު: ބަދަލުގެ މައްސަލަ ހައިކޯޓުގައި ފަށައިފި
"އިމާރާތް ބާ ނަމަ ރިޕޯޓު ކުރޭ، ފިޔަވަޅު އަޅާނަން"
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!
ޖިއާންގެ މަރު: ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެ
ޖިއާންގެ މަރުގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި
އިމާރާތްކުރުމުގެ ސަލާމަތީ ކަންކަމުގެ ގަވައިދު ހަދައިފި
އިމާރާތްކުރުމުގެ ގަވާއިދުތަކަށް އާންމުންގެ ޚިޔާލު ހޯދަނީ