ކޮލަމްބޯ (އޮގަސްޓް 22) - މަސްތުވެފައި ހުރި ސްރީ ލަންކަން އެއާލައިންސްގެ ޕައިލެޓް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
22 އޯގަސްޓް 2016
ކޮލަމްބޯ (އޮގަސްޓް 22) - މަސްތުވެފައި ހުރި ސްރީ ލަންކަން އެއާލައިންސްގެ ޕައިލެޓް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
ޖަރުމަނުގެ ފްރެންކްފަޓުން ކޮލަމްބޯ އަށް 274 ޕަސިންޖަރުންނާ އެކު ހުކުރު ދުވަހު ދަތުރު ކުރަން އޮތް ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓުގެ ކެޕްޓަން ރާބޮއެ، މަސްތުވެފައި ހުރި ކަމަށް ޝައްކު ކުރެވުމުން އޭނާ ޓެސްޓް ކުރުމުން ވަނީ ފޭލްވެފަ އެވެ.
"ޓެސްޓުގެ ނަތީޖާ ލިބުމާ އެކު ކޮލަމްބޯ އަށް ދަތުރު ކުރަން އޮތް ފްލައިޓުގެ ޕައިލެޓް ވަނީ ޚިދުމަތުން ސަސްޕެންޑްކޮށްފައި،" ސްރީ ލަންކާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެއާލައިނުގެ އޮފިޝަލަކު ބުނީ ޕައިލެޓް ސަސްޕެންޑް ކުރުމުން ޔޫއެލް554 ފްލައިޓް ފްރެންކްފަޓް އެއާޕޯޓުގައި އެހެން ޕައިލެޓަކު ލިބެންދެން 15 ގަޑިއިރު ބާއްވަން ޖެހުނު ކަމަށެވެ.
އެއާބަސް އޭ330 ގެ ބޯޓުގެ ކެޕްޓަން މަސްތުވެފައި ހުރި ކަމަށް ޝައްކުވެގެން އެކަން ރިޕޯޓް ކުރީ ބޯޓުގެ ކްރޫންނެވެ.
ސްރީ ލަންކަން އެއާލައިންސް އިން ބުނީ ޕައިލެޓް މަސްތުވެފައި ހުރި މައްސަލައިގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގައި ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ދަރަނިވެރިވެފައިވާ ސްރީ ލަންކަން އެއާލައިންސް އިން ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ފްރެންކްފަޓަށް ދަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ. އަދި އެއާލައިނުގެ އޭ330 ގެ ބައެއް ބޯޓުތައް އެހެން އެއާލައިންތަކަށް ކުއްޔަށް ދޫކޮށްގެން ފައިސާ ހޯދަން ވެސް ވަނީ ނިންމައިފަ އެވެ. އެއް ބިލިއަން ޑޮލަރަށް ދަރަނި އަރާފައިވާ އެއާލައިނުން މިހާރު މަސައްކަތް ކުރަމުން ދަނީ މެނޭޖްމަންޓާ ހަވާލުވާނެ ބޭރުގެ ޕާޓްނަރަކު ހޯދުމަށެވެ.
ސްރީ ލަންކަންގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ މުދާ ހިފަހައްޓައިފި
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ޗޮކްލެޓެއް ނޫން، ފަސް ކިލޯ މަސްތުވާތަކެތި!
އަނެއްކާވެސް ލަންކާ ޑްރަގް ބޯޓެއް، ހަތިޔާރު ވެސް ހުރި
ޑްރަގް ވިޔަފާރީގައި އުޅޭ މީހުން ހޯދަން ކޮމިޓީތަކެއް
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
އަތުލި ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް
ސްރީލަންކަން ގަންނާނެ ބަޔަކު ނުވި