މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި ތިން މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
20 ޖެނުއަރީ 2019
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި ތިން މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށް ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ވަޒީފާއިން ވަކިކުރީ މާޗު 4، 2018 ގަ އެވެ. ވަޒީފާ އިއާދަކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަލައިގެންފަ އެވެ.
ކުއްލި ހާލަތުގެ ތެރޭގައި އެ މީހުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރި ޝާނީޒް ބުނީ ކޯޓަށް މައްސަލަ ހުށަހެޅީ ވަޒީފާ އަނބުރާ ލިބޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށެވެ.
ވަޒީފާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅިއިރު، ކުރީގެ ސަރުކާރުން ސިފައިންގެ އާއި ފުލުހުންގެ އިދާރާއިން ވަކިކުރި އިސް ބޭފުޅުންތަކަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލަކަށް ހުންނަވަނިކޮށް ވަކިކުރި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.
މާލީ ބަދަލާ އެކު ޝާނީޒަށް ވަޒީފާ ދޭން ހުކުމްކޮށްފި
ނައުޝާދަށް ވަޒީފާދޭން 45 ދުވަސް ދައުލަތަށް ދީފި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ގަވާއިދާހިލާފަށް ވަން ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި
ވަރުގަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ: ރައީސް
ސިފައިންގެ ވައިގެ ހިދުމަތުގެ މަރުކަޒު ހުޅުވައިފި