Roadha Mihaaru
މާލީ ބަދަލާ އެކު ޝާނީޒަށް ވަޒީފާ ދޭން ހުކުމްކޮށްފި

މާލީ ބަދަލާ އެކު ޝާނީޒަށް ސިފައިންގެ ވަޒީފާ ދޭން އަމުރުކޮށްފި

27 މާޗް 2019

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު ޝާނީޒަށް، މާލީ ބަދަލާ އެކު އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު ޝާނީޒަށް، މާލީ ބަދަލާ އެކު އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށް ކޯޕްރަލްގެ ރޭންކުގައި ހުރި ޝާނީޒް ވަކިކުރުމުން، ބަދަލުގެ ގޮތުގައި 198،000ރ. ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައި ވެ އެވެ.

އެ މައްސަލަ ނިންމީ ޑިސްޕިއުޓު މަރުހަލައިގަ އެވެ.

ޝާނީޒްގެ އިތުރުން އެސްޕީޖީން އޭރު ވަކިކުރި ސިމާދު އަހުމަދާއި އަހުމަދު ފައްތާހުގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅި އެވެ. ސިމާދަށް ވަޒީފާ ދޭން ކޯޓުން މިދިޔަ މަހު ހުކުމްކޮށްފައިވާއިރު ފައްތާހުގެ މައްސަލަ އޮތީ ޝަރީއަތުގެ މަރުހަލައިގަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެމީހުން ހައްޔަރުކޮށް ވަޒީފާއިން ވަކިކުރީ މާޗު 4، 2018 ގަ އެވެ. ވަޒީފާ އިއާދަކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅީ، އާ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު، މިދިޔަ ޖެނުއަރީ މަހު އެވެ.

އެ ތިން ސިފައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް ބަދަލު ދޭން ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.