Roadha Mihaaru
މަންދު ކޮލެޖްގެ ބިއްލޫރިގަނޑެއް ތަޅާލައިފި

22 ޖެނުއަރީ 2019

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) މަޖީދީމަގުގައި ހިންގަވާ މަންދު ކޮލެޖުގެ މައި ދޮރުގެ ބިއްލޫރިގަނޑެއް ރޭ ތަޅާލައިފި އެވެ. މަންދު ކޮލެޖުގެ ބިއްލޫރިގަނޑެއް ތަޅާލައިފައި މި ވަނީ އޭނާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ ކަމަށް ބުނެ، މައްސަލަގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) މަޖީދީމަގުގައި ހިންގަވާ މަންދު ކޮލެޖުގެ މައި ދޮރުގެ ބިއްލޫރިގަނޑެއް ރޭ ތަޅާލައިފި އެވެ. މަންދު ކޮލެޖުގެ ބިއްލޫރިގަނޑެއް ތަޅާލައިފައި މި ވަނީ އޭނާ އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ ކަމަށް ބުނެ، މައްސަލަގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭ 2:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މަންދު ކޮލެޖް ހިންގާ އިމާރާތުގެ ބިއްލޫރިގަނޑު ތަޅާލާފައި-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އިއްޔެ އާއި ރޭ ވަނީ އެ ކޮލެޖް ކުރިމަތީ އިބްރާ ހައްޔަރު ކުރަން ގޮވާލައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ޓްވިޓާގައި ލިޔެފައިވާ ކަމަށް ބުނާ މައްސަލައިގައި އިބްރާ ފުލުހުންގެ އިދާރާ އަށް އިއްޔެ ހާޒިރުކޮށް ސުވާލު ކޮށްފައި ވެސް ވެ އެވެ.