24 ޖެނުއަރީ 2019
މި ސަރުކާރު ހިންގާ ކޯލިޝަން ރޫޅޭ ފަދަ މައްސަލަތަކެއް ނެތް ކަމަށާއި ސަރުކާރު ނުވެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަން ރޫޅޭ ފަދަ މައްސަލަތަކެއް ނެތް ކަމަށާއި ސަރުކާރު ނުވެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ހުރިހާ ދާއިރާ އަކަށް ވާދަ ކުރަން އެމްޑީޕީން ނިންމި ހިސާބުން ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އާއި ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ. އެންމެ ފަހުން ގާސިމް ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނަޝީދު ވައްޓާލަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
ގާސިމް އެހެން ވިދާޅުވެފައި ވަނިކޮށް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގުރާމްގައި ނަޝީދު މިއަދު ވިދާޅުވީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަނަކީ "ހިތުގެ އަޑިން ވެފައިވާ އެއްބަސްވުމެއް" ކަމަށެވެ. އެއީ ވަޒީރުންގެ މަޖިލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސިޔާސީ މަގާމުތަކާ އެކު ސަރުކާރު ހިންގުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރީތިކޮށް [ސަރުކާރު] އެބަ ހިނގާ. ސަރުކާރު ވެސް އެބަ ހިނގާ. ވުޒާރާތައް ވެސް އެބަ ހިނގާ. ޖުމްހޫރީ ޕާޓީގެ ވަޒީރު ބޭފުޅުންނާއި އަދާލަތު ޕާޓީގެ އަދި އެމްއާރުއެމާ ހުރިހާ ބޭފުޅުން ވެސް އެބަ މަސައްކަތް ކުރައްވާ. އަޅުގަނޑަކަށް ސަރުކާރުގައި އޮތް އިއްތިހާދެއްގެ މައްސަލައެއް ނުފެނޭ،" ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
Nasheed iskoh hunnavai, sarukaaru vattaalan ulhey kamah Gasim thuthumathu kuravvaifi
The most trusted news source in the Maldives
Mihaaru
ނަޝީދު ވެރިކަން ވައްޓާލަން އުޅުއްވާކަމަށް ގާސިމް ތުހުމަތު ކުރެއްވުން---
އެކަމަކު، އެ ކޯލިޝަން ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑު އެއްބަސްވާންވީ މަޖިލިހުގެ ވަކި ދާއިރާއެއްގައި އެމްޑީޕީގެ ވަކި ކެންޑިޑޭޓެއް ނުހުންނަން. ނުހުރެފާ އަދި އޭގެ މާނަ އަކަށް ވާންވީ އަޅުގަނޑުމެން ބުނަން މި ޖެހެނީ ޖޭޕީގެ ކެންޑިޑޭޓަށް އަޅުގަނޑުމެންގެ ހުރިހާ މެމްބަރުން ވޯޓް ދެއްވާށޭ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ މެމްބަރުންނަށް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް އިންސާފެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ލިބެން ޖެހޭނެ ފުރުސަތު. ސިޔާސީ އެކިއެކި ފިކުރުތަކުގެ ތެރެއިން އެ ރައްޔިތުން ބޭނުންވާ ބޭފުޅަކަށް. ބޭނުންވާ ޕާޓީ އަކަށް ވޯޓް ދެއްވުމުގެ ފުރުސަތު. އެއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ އަސާސަކީ."
ކޯލިޝަންގެ ލީޑަރުންގެ މެދުގައި އަބަދުވެސް ވާހަކަ ދެއްކެވި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަން ރޫޅި ސަރުކާރު ނިމުމަކަށް އަތުވެދާނެ އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވާއިރު، ސަރުކާރު ގެނައުމަށް ކޯލިޝަން އެގްރިމެންޓް ހެދިއިރު އޭގައި އެއްބަސްވެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ކޯލިޝަން ގުޅިގެން ވާދަ ކުރުމަށެވެ.
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން
ގާސިމް ބަންދުކުރިއަސް ގާނޫނީ އިމަށް ވެރިކަން އެނބުރޭނެ
ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ގާސިމް ވިދާޅުވެއްޖެ
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް
ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން އެއްބަސްވެއްޖެ
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
އިންތިހާބަށް ނެރޭނީ ރައްޔިތުން މާޔޫސްނުވާ ފޯމިއުލާއެއް
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން