Roadha Mihaaru
އާ ޓާމިނަލަށް ސައުދީން ދޭ ލޯނުގައި މި މަހު ސޮއިކުރަނީ

އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ސައުދީން ދޭ 100 މިލިއަން ޑޮލަރުގެ ލޯނުގައި މި މަހު ސޮއިކުރަނީ

23 އޯގަސްޓް 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ޓާމިނަލް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ދޭ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި މި މަހު ފަހުކޮޅު ސޮއިކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ޓާމިނަލް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ދޭ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި މި މަހު ފަހުކޮޅު ސޮއިކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެއާޕޯޓް ތަރައްގީކުރަން ނަގާ ލޯނާ ގުޅޭ މަޝްވަރާތަކެއް މިދިޔަ އާދިއްތަ ދުވަހު މާލޭގައި ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ސައުދީ ފަންޑުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އަބްދުﷲ އަލް ސިދުގީ އެވެ.

އެ ބައްދަލުވުމުގައި އެއާޕޯޓްސް ކޮމްޕެނީގެ ސީއީއޯ އާދިލް މޫސާ އާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ސައުދީ ފަންޑާ އެކު އެމްއޭސީއެލް އެމްޑީ އާދިލް (ކަނާތުން ދެ ވަނަ) އަދި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން މިދިޔަ އާދިއްތަ ދުވަހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފިނޭންސް

ސައުދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރަން ނިންމިއިރު މިމަހުގެ ކުރީކޮޅު ވަނީ ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) އަދި އަބޫދާބީ ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވެސް ލޯނު ދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް އެޅުމުގެ މަސައްކަތް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރަށް ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ގްރޫޕް، ބިން ލާދިން ގްރޫޕާ ވަނީ މި އަހަރުގެ މެއި މަހު ހަވާލުކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކުރާނެ އެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

"އަޅުގަނޑުމެން މިދައްކަނީ 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގެ ވާހަކަ. މިހާރަށް ވުރެ ފެސިލިޓީސްތައް ވެސް ގިނަވާނެ،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ކުރިން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅިން އާ ޓާމިނަލެއް އަޅާއިރު، ވަރަށް ރީތި ޖެޓީތަކެއް ވެސް ހަދާނެ އެވެ. މޫދަށް ޖައްސާ މަތިންދާ ބޯޓުތަކަށް ހާއްސަ ސަރަހައްދެއް ގާއިމްކުރާނެ އެވެ. މިހާރު އެއާޕޯޓުގައި އާންމުކޮށް ބޭނުންކުރަނީ ތިން ގޭޓް ކަމަށް ވާއިރު، އާ ޓާމިނަލްގެ މަޝްރޫއުއާ އެކު އެ އަދަދު 10 އަށް އިތުރުވާނެ އެވެ.

އިންޓަނޭޝަނަލް އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލާ އިންވެގެންނެވެ. އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރަނީ 3-4 އަހަރުންނެވެ.