Roadha Mihaaru
މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި

މައިކްރޮސޮފްޓް ސާޗް އިންޖީން، ބިންގް ޗައިނާގައި މަނާކޮށްފި

26 ޖެނުއަރީ 2019

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޝްހޫރު ވެބްސައިޓް ޗައިނާގައި މަނާކުރުމަކީ އާދައިގެ ކަމެކެވެ. ފޭސްބުކް، ޓްވިޓާ އަދި ގޫގުލް ވެސް ބޭނުންކުރުން ވެސް އެ ގައުމުގައި މަނަ އެވެ. އެހެންކަމުން، ވަނުން މަނާ ސައިޓްތަކުގެ ލިސްޓަށް ބިންގް ވެސް މިހާރު އެ އޮތީ އަރާފަ އެވެ.

ޗައިނާގައި ބިންގް ބޭނުންކުރާ އާބާދީ އުޅެނީ ދެ ޕަސެންޓްގަ އެވެ. އެހެނެއް ކަމަކު، މިއީ މައިކްރޮސޮފްޓަށް ބޮޑު އަދަދެކެވެ. ސަބަބަކީ، ހުޅަގަށް ނިސްބަތްކުރެވޭ މިކަހަލަ، މިކަހަލަ ވެބްސައިޓްތައް ޗައިނާގައި މަނާ ނަމަވެސް، ބިންގް އަށް މި ތާރީޚާ ހަމަ އަށް އާދެވިފައި ވާތީ އެވެ. އަދި ޗައިނާގައި އިންޓަނެޓް ބޭނުންކުރާ އާބާދީގެ ދެ ޕަސެންޓަކީ ހިތްހަމަޖެހޭ ވަރުގެ އަދަދަކަށް ވާތީ އެވެ.

ބިންގް އަކީ މައިކްރޮސޮފްޓުން ފޯރުކޮށްދޭ ޚިދުމަތަކަށް ވި ނަމަވެސް، ޗައިނާ ސަރުކާރުން ފިޔަވަޅުއެޅުމުގައި އެހެން ގޮތަކަށް ވިސްނާފައިވާ ކަމަށް ބެލެވެ އެވެ. މިއީ އެމެރިކާ ކުންފުންޏަކަށް ވާތީ ކުރި ކަމެއް ކަމަށް ބެލުމަށް ފުރުސަތު އެބަ އޮތެވެ.

އެމެރިކާއިން ވިޔަފާރީގައި ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތުގައި، ޗައިނާގެ ވާވޭ އަދި ޒީޓީއީ އަށް ވަނީ އެމެރިކާއިން ދަނީ ޖެއްސުންކުރަމުނެވެ. ވާވޭގެ ސީއެފްއޯ ހައްޔަރުކުރަން އެމެރިކާ ބޭނުންވާއިރު، ވާވޭގެ އެއްވެސް އުފެއްދުމެއް ބޭނުންކުރުން އެމެރިކާ މީހުންނަށް މަނާކުރަން ސަރުކާރުން ބޭނުންވެ އެވެ. އެހެންކަމުން، ޗައިނާގައި ބިންގް މަނާކުރުމަކީ މިކަމާ ގުޅުން ހުރި ކަމަކަށް ވުމަކީ ވެސް ވެދާނެ ކަމެކެވެ.