03 ފެބުރުއަރީ 2019
އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވެލިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މަޑުއްވަރި ދާއިރާ އަށް ވާދަކުރައްވަން ނިންމެވުމުން ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވެލިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މަޑުއްވަރި ދާއިރާ އަށް ވާދަކުރައްވަން ނިންމެވުމުން ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ޓިކެޓު ގައި ޔާމީން މި ފަހަރު ވެލިދޫ ދާއިރާގެ ބަދަލުގައި މަޑުއްވަރި ދާއިރާ އަށް ނުކުންނަވާއިރު، ވެލިދޫ ދާއިރާ އަށް ވާދަކުރައްވަނީ ޓީވީ މޯލްޑިވްސްގެ ކުރީގެ ޕްރެޒެންޓަރު އާއިޝަތު ލީޒާ އެވެ. އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިހުގެ އިންތިޚާބުގައި ލީޒާ ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށް ވެ އެވެ.
މަޑުއްވަރި ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ މުހައްމަދު އަމީތެވެ. އޭނާ ވަނީ މި ފަހަރު ވެސް އިތުރު ދައުރަކަށް އެ ދާއިރާ އަށް ވާދަކުރެއްވުމަށް ނިންމަވައި ކެމްޕެއިން ފައްޓަވައިފަ އެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ މަޑުއްވަރީ ދާއިރާގެ ޓިކެޓު އަމީތަށް ލިބިވަޑައިގެންނެވި އިރު، އިދިކޮޅު ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން މަޑުއްވަރި ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އެމްޑީޕީގެ ފަރާތުން މަޑުއްވަރި ދާއިރާ އަށް އާދަމް ޝިހާމް ވާދަކުރައްވާއިރު، މި ފަހަރުގެ އިންތިޚާބުގައި އެންމެ ފޯރިގަދަވާނެ އެއް ދާއިރާ އަކީ އެއީ ކަމަށް ބެލެވެ އެވެ.
I have submitted my application for @MTDSecretariat’s parliamentary ticket for R. Maduvvari constituency. #YaminRasheed2019 pic.twitter.com/nOP1UoLq7m
— Yamin Rasheed (@YaminRasheed) February 3, 2019
ޔާމީން ރަޝީދު މިއަދު ކުރެއްވި ޓުވީޓު.
ޔާމީން "މިހާރު" އަށް މިއަދު ވިދާޅުވީ އެމްޓީޑީގެ ޓިކެޓުގައި މަޑުއްވަރި ދާއިރާ އަށް ކުރިމަތިލުމަށް ނިންމަވައި، އެ ޕާޓީ އަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. މަޑުއްވަރި ދާއިރާ ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެމްޓީޑީގެ ނައިބު ރައީސް ކަން ކުރައްވާ ޔާމީން ވިދާޅުވި ގޮތުގައި، ރ. އަތޮޅަކީ އެ ޕާޓީގެ ވަރުގަދަ އަތޮޅަކަށް ހެދުމަކީ ބޮޑު އަމާޒެކެވެ. އަދި މަޑުއްވަރި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެމްޓީޑީގެ ކައުންސިލުން ޓިކެޓު ދިނުމާ މެދު ގޮތެއް ނިންމާނީ. އެމްޓީޑީގެ ޓިކެޓު ލިބިއްޖެ ނަމަ، މަޑުއްވަރީ ދާއިރާ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަޑުއްވަރި ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު އިންތިޚާބަށް ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) ން ވަނީ މިދިޔަ ހޯމަ ދުވަހު ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 21 އަށެވެ. މި އިންތިޚާބުގައި ސިޔާސީ ގިނަ ޕާޓީތަކަކުންނާއި އަމިއްލަ ކެންޑިޑޭޓުން ވާދަކުރަން ވަނީ ނިންމައިފަ އެވެ.
ސައީދާއި އާދަމް ޝަރީފަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ދީފި
ލައިފް ޖެކެޓް އަޅަން ލާޒިމް ކުރަން މަޖިލިހަށް ގަރާރެއް
ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިލުމެއް
އަފީފް: އަޅުގަނޑު ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު
އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސިޔާމް
އިނާޔަތް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
މުސްތަފާގެ އިސްލާހު އަނބުރާ ގެންދަން ނިންމައިފި
ކުރީގެ މެންބަރުން އިނާޔަތް ހޯދަން އަނެއްކާވެސް ބިލެއް
މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު: ފަލާހް