ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
04 ފެބުރުއަރީ 2019
ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އަނގައިގެ ކެންސަރު އާންމުކަން، 2016 ވަނަ އަހަރު އާސަންދަ އާއި އެންސްޕާގެ ތަފާސް ހިސާބުން ވެސް ދައްކާ ކަމަށެވެ.
އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލްކުރުމާއި ދުފުމާއި ސުޕާރީ ފަދަ ތަކެތި ކެއުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު ހިމެނެ އެވެ. އަންހެނުންނަށް އާންމުކޮށް ޖެހެނީ ޖެހެނީ އުރަމަތީގެ ކެންސަރު، އަނގައިގެ ކެންސަރު، ތައިރޮޑް ކެންސަރު، ބަނޑުގެ ކެންސަރު އަދި ލޭގެ ކެންސަރު ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
ގަވައިދުން ކެންސަރަށް ސްކްރީން ކުރާ ނަމަ، ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ބަލީގެ ކުރީކޮޅުގައި ކެންސަރު ބަލި ދެނެގަނެ، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާދީ ގިނަ ބަޔަކު ސަލާމަތްކުރުމުގެ ފުރުސަތު އޮންނާނެކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.
ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަނީ، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ގައުމުތަކާއި ޖަމިއްޔާތަކުގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކޮށް، ކެންސަރުގައި މަރުވާ މީހުން މަދުކުރުމަށެވެ.
ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކެންސަރު ބައްޔަކީ މުޅި ދުނިޔެއަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ އިން މީހުން މަރުވާ ސަބަބެވެ.
ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު، ކެންސަރު ބަލީގެ ތެރެއިން ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އުރަމަތީގެ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ތައިރޮޑް ކެންސަރެވެ.
ދުނިޔޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވި އެވެ. އޭގެ ތެރެއިން 30 ޕަސެންޓު ނުވަތަ 50 ޕަސެންޓު ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ކެންސަރުގެ ބާވަތްތަކެވެ.
ކެންސަރު ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރާ ބުއިމާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އާއި ބުއިންތައް ބޭނުން ކުރުމާއި ކަސްރަތާއި ހެލިފެލިވެ އުޅުން މަދުވުން ހިމެނެ އެވެ.
ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް