Roadha Mihaaru
ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން ސޮއިކޮށްފި

ހޮސްޕިޓާލިޓީ ދާއިރާ އަށް މީހުން ތަމްރީން ކުރުމަށް ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން ސޮއިކޮށްފި

05 ފެބުރުއަރީ 2019

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާ އަށް މީހުން ތަމްރީން ކުރުމުގެ އެއްބަސްވުމެއް ގައި އިއްޔެ ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާ އަށް މީހުން ތަމްރީން ކުރުމުގެ އެއްބަސްވުމެއް ގައި އިއްޔެ ސޮއިކޮށްފި އެވެ.

"ޑިސްކަވާ ހޮސްޕިޓާލިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. ޔުނިވާސަލް ފައުންޑޭޝަނުން ސޮއިކުރެއްވި އެ ތަނުގެ ރައީސް އިޔާޒް ވަހީދެވެ.

މީގެ ދެ އަހަރު ކުރިން ފެށި ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް ތިނެއްގެ ފެންވަރަށް ކިޔަވައިދޭނެ އެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައި ވެ އެވެ. ވިލާ ކޮލެޖުން މިހާރު ވަނީ ހޮސްޕިޓާލިޓީ ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ޑިސްކަވާ ހޮސްޕިޓާލިޓީ އަކީ ޔުނިވާސަލުން ސްޕޮންސާކޮ ށްގެން ހޮސްޕިޓާލިޓީ ދާއިރާ އިން ހިލޭ ކިޔެވުމަށް ހުޅުވާލާ ޕްރޮގްރާމެކެވެ.

ވިލާ ކޮލެޖުގެ ދައުރަކީ ދަރިވަރުންނަށް ތަމްރީނުތައް ދިނުމެވެ. އެގޮތުން، ފުޑް އެންޑް ބެވަރެޖް ސާވިސަސް، ހައުސް ކީޕިން އަދި ފްރަންޓް އޮފީސް ފަދަ ދާއިރާތަކުން ތަމްރީނު ދޭނެ އެވެ. ކޯހުގެ ތިއަރީ ބައިތައް ފުރިހަމަ ކުރަން ހަމަޖައްސާފައި ވަނީ ޔުނިވާސަލްގެ ރިސޯޓުތަކުގަ އެެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ހިންގާ މި ކޯހުގެ މުއްދަތުގައި ކޮންމެ ދަރިވަރަކަށް ވެސް މަހަކު 3،000ރ. އެލަވަންސެއް ދޭނެ އެވެ.