Roadha Mihaaru
"އިންތިހާބަކާ ގުޅުވައިގެން އެއްވެސް ކަމެއް ނުކުރާނަން"

އިންތިހާބަކާ ގުޅުވައިގެން އެއްވެސް ކަމެއް ނުކުރާނަން: މަހްލޫފް

05 ފެބުރުއަރީ 2019

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި އެ ނޫން ވެސް އިންތިހާބަކާ ގުޅުވައިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިނިއުޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި އެ ނޫން ވެސް އިންތިހާބަކާ ގުޅުވައިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިނިއުޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ސަގާފަތް ބިނާވެފައި އޮންނަ ގޮތުން ސިޔާސީ ފައިދާތަކެއް ހޯދުމަށް ޒުވާނުން ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެކިއެކި އިންތިހާބުތަކާ ގުޅުވައިގެން ޒުވާނުންނަށް ކަމަށް ބުނެ ބޯޅަދަނޑު ފަދަ ތަންތަން ތަފާތު ރަށްތަކުގައި ސަރުކާރުން "ނަމަކަށް" އަޅައިދީފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. ނަމަވެސް އެއީ އޭނާގެ މިނިސްޓަރުކަމުގެ ފަރާތުން ކަންތައް ކުރާނެ ގޮތެއް ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"މިހާރު މި އޮތީ މަޖިލިސް އިންތިހާބު އައިސްފައި. މިހާރު އަޅުގަނޑަށް މީހުން ގުޅާ [ދަނޑު އަޅަން]. އަޅުގަނޑު ބުނަނީ އަޅުގަނޑަށް ނުކުރެވޭނެއޭ. ކިހިނެއް އެކަންތައް ކުރާނީ. އާއެނކޭ ބުނެވިދާނެ. އެކަމަކު އެކަން ޑެލިވާއެއް ނުކުރެވޭނެ. ބަޔަކު ހިތްހަމަ ވެސް ނުޖެހިދާނެ. އެކަމަކު މަޖިލިސް އިންތިހާބާ ގުޅިގެން ކުރަންޖެހޭ ކަމެއް ނޯންނާނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ސިޔާސީ ގޮތުން ޒުވާނުންގެ ވިސްނުން ބަދަލު ކުރުމުގެ ބޭނުމުގައި ކުރީގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެސް ބައިވަރު މަސައްކަތްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފް "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު މަހްލޫފް "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން އެބަހުރި [ދަނޑު އެޅުން ފަދަ ކަންކަން] ކޮށްފައި. އެބަހުރި ބައިވަރު ޓާފުތައް ގެނެސް އަތުރާލައިފަ،" އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އޭނާ ނިސްބަތްވާ ވެރިކަން ހިންގާ އެމްޑީޕީ އާއި ވެރިކަމުގެ ކޯލިޝަން ޕާޓީތައް އޭނާ އަށް ޕްރެޝަރު ކުރި ނަމަވެސް ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ޒުވާނުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާނެ ކަމަށެވެ.

"ދުވަސް ނިމޭއިރު އަޅުގަނޑު ހުންނާނީ އެކަމަށް ޖަވާބުދާރީވާން. ކިތަންމެ ބަޔަކު ހިތްހަމަނުޖެހުނަސް، ޕާޓީ ތެރެއިން ވިޔަސް، ކޯލިޝަންގެ ތެރެއިން ވިޔަސް، ނުކުރެވޭވަރުގެ ކަމަކާ ހަވާލެއް ނުވާނަން ޔަގީން،" މަހްލޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ މީހުން ޕްރައިމަރީއަކުން ވަނީ މިހާރު ކަނޑައަޅައިފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރްއެމުން ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުން ކަނޑައަޅައިފައެއް ނުވެ އެވެ.