Roadha Mihaaru

އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު މިއަދު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 ފެބުރުއަރީ 2019

އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު މިއަދު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އަގަށް ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ. މި ބަދަލާ އެކު މިއަދުން ފެށިގެން ޑީސަލް ލިޓަރަކުން 90 ލާރި ބޮޑުވާނެ އެވެ. އެ

އަގަށް ބަދަލު ގެނައުމުން ޑީސަލް ލީޓަރެއް ލިބޭނީ 10.89ރ. އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ ޖެނުއަރީ މަހު ފެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން އޭރު ޑީސަލް ލީޓަރެއް ވިއްކީ 9.99ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް 10.19ރ. އަށް ވިއްކަން ފެށި އެވެ.

އޭގެ ކުރިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ނޮވެމްބަރު 13، 2018 ގަ އެވެ. އެ ދުވަހުން ފެށިގެން ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99ރ. އަށެވެ. ޕެޓްރޯލް ލިޓަރެއް ވިއްކީ 11.19ރ. އަށެވެ.