10 ފެބުރުއަރީ 2019
ލާމަރުކަޒީ ނިޒާމުގައި އާ ކުލަތަކެއް ޖައްސައި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މުހިއްމު ދައުރުތަކެއް އަދާކޮށް، ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމުގައި އާ ކުލަތަކެއް ޖައްސައި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މުހިއްމު ދައުރުތަކެއް އަދާކޮށް، ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އެލްޖީއޭގެ ރައީސް އިމްރާން ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ފިރުކި ހިނގަމުން އަންނަ ނިޒާމަކަށް ވާތީ، ތެދުވެ ދުއްވައިގަތުމަށްޓަކައި ގިނަ ހަރަކާތާއި ހުނަރު ބޭނުންވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދާ މަހާސިންތާގައި 18 ކައުންސިލެއްގެ ރައީސާއި ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެ އެވެ.
އިމްރާން ވިދާޅުވީ މަހާސިންތާ ނިމިގެންދާއިރު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް މުހިއްމު ނަތީޖާތަކެއް ނުކުންނާނެ ކަމަށެވެ.
"އުއްމީދު ކުރަނީ މަހާސިންތާ އިން ނެރެވިގެންދާ ނަތީޖާގެ ގޮތުން އަދި އޭގެ މައްޗަށް ބިނާކޮށް ގާނޫނަށް ގެންނަ ބިނާކުރަނިވި އިސްލާހުތަކުގެ ނަތީޖާގެ ގޮތުން، ދިގުދެމިގެންދާ މުއްދަތަކަށް ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ބިނާކުރެވޭ ހަރުދަނާ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެލްޖީއޭގެ ރައީސް ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަަވަނީ-- ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، މިދިޔަ ހަތަރު ސަރުކާރުގައި ވެސް އެއްގޮތަކަށް ދެ ސަރުކާރަކުން އެ ނިޒާމާ މެދު އަމަލު ކޮށްފައިނުވާ ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.
މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ހިންގުމުގެ ނިޒާމު އެކި ގޮތްގޮތަށް ބަދަލުވެފައިވާ ކަމަށާއި އަތޮޅުތައް ލާމަރުކަޒީކޮށް ހިންގުމަށްޓަކައި އެ މީހުންނަށް ބޭނުންވާނެ އިހުތިޔާރާއި މިނިވަންކަން ދިނުމަކީ އަތޮޅުތަށް ހިންގުމުގައި އެންމެ ފުރިހަމަވާނެ ނިޒާމު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ނިޒާމާ މެދު ސިޔާސީ ފަރާތްތަކުން އެކި ފަހަރު އެކި ގޮތަށް ކަންކުރަމުން ދިއުމަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ނިކަމެތިކަމާއި ހީނަރުކަން ލިބިފައިވާ ކަމެއް ކަން އިމްރާން ފާހަގަކުރެެއްވި އެވެ.
"މި ކަމުން އަރައިގަނެގެން މެނުވީ ގައުމަށް އެންމެ އެކަށޭނެ ތަރައްގީ އާއި ކުރިއެރުމާއި ތަމައްދުނު ލިބުމަކީ ދުރުކަމެއް،" އިމްރާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތައް ކައުންސިލަރުންތަކެއް ސަސްޕެންޑުކޮށް ފިޔަވަޅު އަޅައި ސިޓީ ކައުންސިލްތަކުގެ ބާރުތައް އަތުލާފައި ވެ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުލިބޭނެ
ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެދިއްޖެ
ވިއަވަތި ކޮންފަރެންސްގެ ނަތީޖާއާ މެދު ރައީސްގެ ހިތްހަމަޖެހުން
ރާއްޖޭގެ އާބާދީ އެންމެ ބޮޑެތި ރަށްތައް އެއް މޭޒަކަށް!
58 ކައުންސިލަކަށް އަދިވެސް އެސްޖީން ނުލިބޭ
ކައުންސިލުން ލޯނު ނަގާ އިސްލާހަށް ކަންބޮޑުވުންތަކެއް
އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދެނީ