26 އޯގަސްޓް 2016
ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުން އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަމަކަށް ވެފައި އޮންނަނީ ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާގެ ބާވަތްތައް މަދު ކުރުމެވެ. އެކަމަކު ޑައެޓީޝަނުން ބުނަނީ ކޮންމެ ކާބޯހައިޑްރޭޓްސް އަކީ ބަރުދަން އިތުރުކުރުވާ އެއްޗެއް ނޫން ކަމަށެވެ.
ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުން އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަމަކަށް ވެފައި އޮންނަނީ ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާގެ ބާވަތްތައް މަދު ކުރުމެވެ. އެކަމަކު ޑައެޓީޝަނުން ބުނަނީ ކޮންމެ ކާބޯހައިޑްރޭޓްސް އަކީ ބަރުދަން އިތުރުކުރުވާ އެއްޗެއް ނޫން ކަމަށެވެ.
ތަޖުރިބާކާރުން ބުނަނީ ތޮޅި، މުގު، އެއްޗަކާ އެއްކޮށްފައި ނުހުންނަ ގޮވާން އަދި ހަނޑުލާއި އަލުއްވަކީ ވެސް މީހާގެ ބަރުދަން އިތުރުކުރުވާ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ނޫން ކަމަށެވެ. މިއީ "ރެސިސްޓެންޓް ސްޓާޗް" ކާނާގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ. މި ނަން ދީފައި ވަނީ ހަޖަމުވާން އުނދަގޫ އެއްޗިއްސަށް ވާތީ އެވެ. މި ބާވަތްތައް ހަށިގަނޑުން ބޭރުވެގެން ދަނީ، ރިފައިންކޮށްފައި ހުންނަ، ފަސޭހައިން ހަޖަމުވާ އެއްޗިއްސާ ވަރަށް ތަފާތުކޮށެވެ.
ކާބޯހައިޑްރޭޓް ވަރަށް ބޮޑަށް މަދުކޮށްލުމަކީ ނުވަތަ އެއްގޮތަކަށް ވެސް ބޭނުން ނުކޮށް އުޅުމަށް މަސައްކަތްކުރުމަކީ ބަރުދަން ލުއިކުރުމުގައި އިސްކަންދޭ ކަމަކަށް މިހާރު އޮންނަނީ ވެފަ އެވެ. ނަމަވެސް ބްރިޓިޝް ޑައެޓެޓިކް އެސޯސިއޭޝަންގެ ޑައެޓީޝަނެއް ކަމަށްވާ ރެބަކާ މެކްމެނަމަން ވިދާޅުވަނީ ކާބޯހައިޑްރޭޓްސް އަކީ ވެސް ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއަކަށް ވާއިރު ކުއްލިއަކަށް އެ މަދުކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"ކާބޯހައިޑްރޭޓްސް މަދުކޮށްގެން ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކޮށްލެވުނަސް އެއީ ދާއިމީ ކަމަކަށް ނުވާނެ،" މެކްމެނަނަން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވަނީ ކާބޯހައިޑްރޭޓްސް އަކީ އޭގެ ޒާތުގައި ބަރުދަން އިތުރުކުރާ އެއްޗެއް ނޫން ކަމަށާއި ބައެއް ކާބޯހައިޓްރޭޓްސް އިން ލިއްބައިދޭ ފައިބަގެ ސަބަބުން ހަށިގަނޑަށް ކުރާ ފައިދާ ބޮޑު ކަމަށެވެ.
"މައްސަލައަކަށް ވަނީ ކެވޭ މިންވަރު. ރެސްޓޯރަންޓަކަށް ގޮސް އޯޑަރު ކުރުމުން ގެންނަ ޕޯޝަން އަކީ ވެސް ބޭނުންވާ ވަރަށް ވުރެ މާގިނައިން ކާބޯހައިޑްރޭޓްސް ލިބޭ މިންވަރެއް،" މެކްމެނަމަން އޮޅުންފިލުވައިދެއްވި އެވެ.
ޑައެޓީޝަނެއް ކަމަށްވާ ސިއާން ޕޯޓާ ވެސް ވިދާޅުވީ ކާބޯހައިޑްރޭޓްސް ހުންނަ ކޮންމެ ކާނާ އަކީ ބަރުދަން އިތުރުކުރުވާ އެއްޗެއް ނޫން ކަމަށާއި ސްޓާޗް ހުންނަ ކާބޯހައިޑްރޭޓްސް އިން ލިބޭ ފައިދާ ބޮޑު ކަމަށެވެ.
"މަދުކުރަންވީ ހަކުރު. ކެއުމުގައި ބޭނުންކުރަންވީ ސްޓާޗް ހުންނަ ކާބޯހައިޑްރޭޓްސް. ސްޓާޗް ހުންނަ، ގޮވާމާއި އެހެން ބައެއް ބާވަތްތަކުން ހަށިގަނޑަށް ފައިދާ ލިބޭކަމުގެ ވަރުގަދަ ހެކި އެބަހުރި،" ޕޯޓާ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ކާބޯހައިޑްރޭޓްސް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރެއިން ޕާސްތާ އާއި އަލުއްވާއި ހުދު ހަނޑުލުގެ ބަތުގައި ރެސިސްޓެންޓް ސްޓާޗް އުފެދެނީ ކެއްކުމަށް ފަހު ހިހޫވަންދެން ބެހެއްޓުމުންކަން ޑައެޓީޝަނުން ފާހަގަކުރެ އެވެ.
ނިއު ޔޯކްގެ ސްކިޑްމޯ ކޮލެޖްގައި ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކާބޯހައިޑްރޭޓްސް މަތީ މިންވަރަކަށް ހުންނަ ކާނާ ކެއުމުން ހަށިގަނޑުގައި ފެޓް އަންދާ މިންވަރު އިތުރުވެ އެވެ. އެގޮތުން ރެސިސްޓެންޓް ސްޓާޗް ހުންނަ ކާނާއަަކާ އެކު، ކައްކާފައި ހުންނަ ބިހާއި ކުކުޅު މަސް އަދި ޔޯގަޓް ފަދަ ކާބޯހައިޑްރޭޓްގެ ކާނާއެއް ކެއުމުން މި ނަތީޖާ މާ ވަރުގަދަޔަށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަރުދަން ލުއިކުރަން ކައްޓަލަ އާއި ސަނާމުގު
މެޑިޓެރޭނިއަން ޑައެޓަށް ފަހު ނޯޑިކް ޑައިޓް
ޕާސްތާ ކައިގެން ފަލައެއް ނުވާނެ: އިޓަލީ ސައިންސްވެރިން
ގިނަ އަންހެނުން ފަލަކޮށް ތިބެނީ ގިނައިން ކާތީއެއްނޫން
ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ
ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ހަކުރުބަލީގެ މީހުންނަށް ޕިސްޓާޝިއޯ
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ
ހުދު ތަށީގައި މާ ގިނައިން ކެވޭ