Roadha Mihaaru
ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި

ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި

14 ނޮވެމްބަރ 2022

ހަކުރު ބަލި ހުންނަ ކޮންމެ މީހަކު ވެސް އެ މީހެއްގެ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންމެހެން ވެސް ބަލަން ޖެހެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހަކުރު ބަލި ހުންނަ ކޮންމެ މީހަކު ވެސް އެ މީހެއްގެ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންމެހެން ވެސް ބަލަން ޖެހެ އެވެ.

ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަކީ އުނދަގޫ ކެމެކެވެ. ހާއްސަކޮށް ޓައިޕް 2 ގެ ހަކުރު ބަލީގެ މީހުންނަށެވެ.

ސްޓްރެސް ބޮޑުވުމުން ވެސް ހަކުރުގެ މިންވަރު އިތުރުވެ އެވެ. ހަކުރު ހުންނަކަމުގެ އަލާމާތްތައް ދެނެގަނެ، ލޭގައި ހަކުރު މަތިވާ ނަމަ ނުވަތަ ހަކުރު ދަށްވާ ނަމަ އެކަން ކޮންޓްރޯލްކުރަން މަސައްކަތް ކުރަން ޖެހެ އެވެ.

ހަކުރު މަތިވާ ނަމަ ހަދާނެ ގޮތް:

ހަކުރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން ބޭސްކުރާ މީހެއް ނަމަ، އެ މީހެއްގެ ލޭގައި ހަކުރު ގިނަވުމަކީ ނާރު، ކިޑްނީ، ލޮލުގެ އިތުރުން ހިތާއި ލޭހޮޅިތަކަށް ވެސް ގެއްލުންވާނެ ކަމެކެވެ. މިއީ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ހިނގައިދާނެ ކަންކަމެވެ.

ހަކުރު މަތިވާކަން ފާހަގަ ކުރެވޭ ނަމަ، ކާއިރު ކާބޯހައިޑްރޭޓް ހިމެނުން މުހިންމެވެ. އަދި ކަސްރަތު ކުރުމާއި ގިނައިން ފެން ބުއިމާއި، ސްޓްރެސްވާ ކަންކަމުން ދުރުވެ، ރަނގަޅަށް ނިދުން މުހިއްމެވެ.

އެކަމަކު ހަކުރު ބަލީގެ މީހަކު ނަމަ ކެއުމުގެ އާދަ ބަދަލުކުރަން ވާނީ ނިއުޓްރިޝަނިސްޓަކާ މަޝްވަރާކޮށް ދޭ ލަފަޔަކާ އެއްގޮތަށެވެ. އަދި ބޭހުގެ ޑޯޒް ބަދަލު ކުރަންވާނީ ވެސް ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

ހަކުރު ދަށްވާ ނަމަ ހަދާނެ ގޮތް:

ހަކުރު ދަށްވާ ނަމަ ނުވަތަ ހަކުރު ކޮންޓަރޯލް ކުރުމަށް އިންސިއުލިން ނުވަތަ ބޭސް ބޭނުން ކުރަން ޖެހެ އެވެ. ގްލޫކޯމީޓަރެއްގައި ލޭގެ ހަކުރު 70އެމްޖީ/ޑީއެލް އަށް ވުރެ ދަށް ނަމަ، އަވަސް ފަރުވާ ހޯދަން ވާނެ އެވެ. ނޫނީ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ އެވެ.

މާބޮޑަށް ވަރުބަލިވެ، ބޮލުގައި ރިއްސައި، ބަނޑުހައިވާ ނަމަ ނުވަތަ ހިތް ނުތަނަވަސްވެ ހާސްވުމާއި ރުޅިގަދަވުމާއި ކަންކަމާ ވިސްނަން އުނދަގޫވެ ލޯ ފުސްވުމާއި ހިތުގެ ވިންދު އަވަސްވުމަކީ ހަށިގަނޑުން ހަކުރު ދަށްވާ ކަމުގެ އަލާމާތްތަކެވެ.

- ކެއުމުގައި 15 ގްރާމަށް ވުރެ އިތުރު ކާބޯހައިޑްރޭޓް ހިމެނޭ އެއްޗެހި ބޭނުން ކުރާށެވެ. ގްލުކޯޒް ޓެބްލެޓް އަދި މޭވާގެ ޖޫހަކީ 15 ގްރާމް ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކެވެ.

- ހަކުރު ހުރިވަރު ޗެކް ކުރާށެވެ.

- 15 މިނެޓު ތެރޭގައި ހަކުރު ރަނގަޅު ނުވާ ނަމަ، އަނެއްކާވެސް 15 ގްރާމް އެކުލެވޭ ކާބޯހައިޑްރޭޓްސްގެ ލުއި އެއްޗެއް ކާށެވެ.

- މިވަރުން ވެސް ހަކުރަށް ބަދަލެއް ނާންނަ ނަމަ، ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.

- އިރު އިރުކޮޅާ ހަކުރު މަތިވެ ދަށްވުމަކީ ވެސް މެޑިކަލް އެމަޖެންސީގެ އަލާމާތެކެވެ. އެކަން ހުއްޓުވަން ޖެހޭނެ އެވެ.

- ގްލުކޯމީޓަރު ނުވަތަ ސީޖީއެމްއެސް އެއްގެ އެހީގައި ގްލުކޯޒް ހުންނަ މިންވަރު ބަލަންވާނެ އެވެ.