އިސްލާމްއާބާދު (ފެބްރުއަރީ 15) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މާދަމާ ޕާކިސްތާނަށް ކުރައްވާ ރަސްމީދަތުރުފުޅުގައި އިސްލާމްއާބާދުގެ މަޝްހޫރު، އަށް ހޮޓަލަކުން 750 ކޮޓަރި ބުކްކޮށްފި އެވެ.
15 ފެބުރުއަރީ 2019
އިސްލާމްއާބާދު (ފެބްރުއަރީ 15) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މާދަމާ ޕާކިސްތާނަށް ކުރައްވާ ރަސްމީދަތުރުފުޅުގައި އިސްލާމްއާބާދުގެ މަޝްހޫރު، އަށް ހޮޓަލަކުން 750 ކޮޓަރި ބުކްކޮށްފި އެވެ.
ސައުދީ ވަފުދަށް ވަނީ ބީއެމްޑަބްލިއު ސެވަން ސީރީޒްގެ ހަތް ކާރާއި ލޭންޑް ކްރޫޒާގެ އިތުރުން އަށް ކޮންޓެއިނާގެ ސާމާނު ޕާކިސްތާނަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުހައްމަދު ކަސްރަތު ކުރައްވާ ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ. ވެހިކަލްތައް ޕާކިސްތާނަށް ގެންގޮސްފައި ވަނީ ސީ-130 ގެ ދެ މަތިންދާ ބޯޓުގަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ 300 އަށް ވުރެ ލޭންޑް ކްރޫޒާ ރިޒާވްކޮށްފަ އެވެ. ސައުދީ ވަފުދަށް ވަނީ ވީވީއައިޕީ ސެކިއުރިޓީ ޕްލޭނެއް ތައްޔާރުކޮށްފަ އެވެ. ޕްރިންސް މުހައްމަދުގެ ވަފުދުގެ ބޭފުޅުންގެ ސެކިއުރިޓީ އަށް ވަނީ 2،000 ސިފައިން ހަމަޖައްސައިފަ އެވެ. އިސްލާމްއާބާދުގައި ޕްރިންސް ހުންނަވާ ސަރަހައްދަށް ފޮނުވާލާ ކޮންމެ ޑްރޯނެއް ވައްޓާލާނެ އެވެ. އިސްލާމްއާބާދުގައި ޕްރިންސް މުހައްމަދު ހުންނެވުމަށް ހަމަޖެހިފައި ވަނީ ޕްރައިމް މިނިސްޓަ ހައުސްގަ އެވެ. ޕްރިންސް މުހައްމަދަށް ޚާއްސަކޮށްގެން ޕްރައިމް މިނިސްޓަ ހައުސްގައި ވަނީ ޖިމްއެއް ވެސް ހަދައިފަ އެވެ.
ޕްރިންސް މުހައްމަދުގެ ސެކިއުރިޓީ އަށް ސައުދީ ރޯޔަލް ގާޑުގެ 123 ސިފައިން އަބަދުވެސް ޑިއުޓީގައި ތިބޭނެ އެވެ.
ޕްރިންސް މުހައްމަދު އިސްލާމްއާބާދަށް ވަޑައިގަންނަވާ މަތިންދާ ބޯޓާ އެކު ހަތަރު ޕަސިންޖާ ޖެޓް ޖައްސާނެ އެވެ. ޕްރިންސްގެ ބޯޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު އެއާ ފޯސްގެ ޖޭއެފް-17 ގެ ޖެޓްތައް އެ ބޯޓާ އެކު ދަތުރު ކުރާނެ އެވެ. ޕްރައިމް މިނިސްޓަ ހައުސް އާއި ވަފުދުގެ ބޭފުޅުން ތިއްބަވާ އަށް ހޮޓަލުގެ ސެކިއުރިޓީ ބަލަހައްޓާނީ ސައުދީ ރޯޔަލް ގާޑާއި ޕާކިސްތާން ސިފައިންނެވެ.
ސައުދީ ސެކިއުރީ ޓީމާއި މީޑިއާ އަދި ޕްރިންސްގެ ޑޮކްޓަރުންގެ ޓީމު ޕާކިސްތާނަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.
ޕްރިންސް މުހައްމަދުގެ ދަތުރުފުޅުގައި ޕާކިސްތާނާ އެކު 14 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އޮކްޓޯބަރު މަހު ސައުދީ އަށް ވަޑައިގެންގަ އެވެ.
ކަޝްމީރުގެ މަޝްރަހު ހަމައަކަށް އަޅުވައިދޭނަން: ސައުދީ
ސައުދީ ވަލީ އަހުދަށް ރަން ޕްލޭޓްލީ ބަޑިއެއް ހަދިޔާކޮށްފި
ސައުދީގައި ތިބި ޕާކިސްތާނުގެ ގައިދީން މިނިވަން ކުރަނީ
ޕާކިސްތާން - ސައުދީ ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް
ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަަރަފް ޕްރިންސް މުހައްމަދަށް
ސައުދީ ވަލީ އަހުދުގެ ދަތުރަަށް ފަސް ޓްރަކުގެ ސާމާނު
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ
ޑީލް ގަބޫލުކުރުމުން ހަމާސްއަށް މަރުހަބާ ކިޔައިފި