ސަރުކާރާ އެކީ މަސައްކަތް ކުރުން އަދާލަތު ޕާޓީއަށް ވަރަށް މުހިއްމު ކަމަށާއި އެހެންވެ، ހިފަންޖެހޭ ތަންތަނުގައި ހިފައި، ދޫދޭން ޖެހޭ ތަންތަނުގައި އެ ޕާޓީން ދޫދޭނެ ކަމަށް އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
14 ފެބުރުއަރީ 2019
ސަރުކާރާ އެކީ މަސައްކަތް ކުރުން އަދާލަތު ޕާޓީއަށް ވަރަށް މުހިއްމު ކަމަށާއި އެހެންވެ، ހިފަންޖެހޭ ތަންތަނުގައި ހިފައި، ދޫދޭން ޖެހޭ ތަންތަނުގައި އެ ޕާޓީން ދޫދޭނެ ކަމަށް އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް، ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ، އެ ޕާޓީން އެންމެ ފުރަތަމަ ބޭނުންވީ، އިންތިޚާބަށް 13 ކެންޑިޑޭޓުން ނެރުމަށް ކަމަށެވެ. އެއީ، އަދާލަތު ވެސް ހިމެނޭ ކޯލިޝަންގެ ތެރެއިން އެ ޕާޓީއަށް ދިނުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރި ގޮތް ކަމަށާއި އެކަމަކު ސަރުކާރަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް އެ އަދަދު އަށަކަށް މަދު ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅޭ މަޝްވަރާތަކަށް ފަހު ގަބޫލު ކުރެވުނީ ސަރުކާރަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ އަދާލަތުން ވަރަށް އިސްކަން ދޭނެ ކަމެއްކަން." އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ކޮންމެ ކަމެއްގައި ވެސް ހިފަން ޖެހޭ ތަނެއްގައި ރަނގަޅަށް ހިފައި، ދޫދޭން ޖެހޭ ކޮންމެ ކަމެއްގައި ވެސް ދޫދޭނެ ބައެއްކަން ސާބިތުކޮށްދިނުމަށް، އެ އަދަދު އަށަކަށް މަދުކުރީ."
މި އާންމު އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި އަދާލަތުން ގުޅިގެން ވާދަކުރުމަށް އެމްޑީޕީން ބައެއް ދާއިރާތައް ދޫކޮށްލަށް އަދާލަތުން ހުށަހެޅި އެވެ. އެ ޕާޓީން ހުށަހެޅީ ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ. މި ހުށަހެޅުމަށް ތާއީދު ހޯދަން، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަކުން ޚިޔާލު ހޯދައި، ހަ ދާއިރާއެއްގެ ޓިކެޓް ދޫކޮށްލަން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ވެސް ކުރި އެވެ. އެކަމަކު އެމްޑީޕީގެ ކެންޑިޑޭޓުން ދޫނުދިނުމުން އެކަން ކާމިޔާބެއް ނުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ކޯލިޝަންގެ ތެރެއިން އެންމެން އެކުގައި އިންތިޚާބަށް ނުކުންނަން އެ ޕާޓީން ބޭނުންވި ނަމަވެސް، މިއަދާ ހަމައަށް އެކަން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ "ކޯލިޝަންގެ ބައިވެރިންނަށް، އެންމެ ރަނގަޅަށް ފުރުސަތު ފަހިވެގެން ދާނެ ގޮތަކަށް ބިނާކޮށް" ކަމަށް ވިދާޅުވި އެވެ. އަދި އެ އެދިވަޑައިގަންނަނީ އިންތިޚާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ލިބުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާލަތުގެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށެވެ. އަދި އެ ބޭފުޅުންނަށް ސަރުކާރުގެ ވެސް ތާއީދު ލިބޭނެ ކަމަށާއި އެއީ "ސަރުކާރު ގޮނޑިއެއް" ކަމަށް ވިދާޅުވި އެވެ.
"އެއީ ސަރުކާރަށް ލިބޭނެ ބާރެއް. އަދި ސަރުކާރަށް ލިބޭނެ އެހީތެރިކަމެއް،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަބަދު ވެސް ދެމިއޮންނާނީ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ވައުދުތައް ފުއްދަން ވާގިވެރިވާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ޕާޓީގެ ޝާމިލްވުން ހިމެނޭނެ ކަމަށެވެ.
މަކުނުދޫ ދާއިރާގެ އިތުރުން އަދާލަތު ޕާޓީން މި އިންތިޚާބުގައި ވާދަކުރަނީ ކެލާ ދާއިރާ އާއި ވައިކަރަދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި މުލަކު ދާއިރާ އަދި ނިލަންދޫ ދާއިރާ އަށެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީ އެއްމޭޒަކަށް!
މަޖިލީހުން އަދާލަތަށް އެކަށީގެންވާ ހިއްސާއެއް ލިބެންޖެހޭ
"ސަރުކާރަށް އަޣުލަބިއްޔަތު ހޯދަން މަސައްކަތް ކުރާނަން"
މަސްލަހަތު އިސްކޮށް، ދޫދޭން ތައްޔާރު: އަދާލަތު
އަދާލަތުގެ ހުށަހެޅުމަށް ގައުމީ މަޖިލީހުން ގޮތް ނިންމަނީ
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ޖިންސީ ވިޔަފާރިއަށް ރުހި، ލޯ މަރައިގެން!
ހުކުމުގައި ދެއްކި ގޯސްތައް ރަނގަޅު ކުރާނަން: އިމްްރާން
ކޯލިޝަން ރޫޅާލަން ފަހެއް ނުޖެހޭނަން: އިމްރާން
އިމްރާންގެ އިތުބާރުނެތްކަމަށް ފާހެއް ނުވި