ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރުނު، ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.
17 ފެބުރުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރުނު، ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.
މައްސަލަ ބޮޑުވި އުސޫލުގައި ވަނީ ގައުމީ ދިދަ ބޭނުންކުރެވޭނެ މިންގަނޑުތަކާއި ތަންތަނާއި ދިދަ ބޭނުންކުރެވޭނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.
ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު ބާތިލް ކުރިކަން އަންގައި ހޯމް މިނިސްޓްރީން ވަނީ ގެޒެޓުގައި އިއުލާންކޮށްފަ އެވެ.
މާޗް، 2017 ގައި ނެރުނު އެ އުސޫލުގައިވާ ގޮތުން ގައުމީ ދިދަ ބެހެއްޓޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ގައުމީ ދިދައާ ވައްތަރުކޮށް ދިދަ ހެދުން މަނާކުރުމުގެ އިތުރުން އެހެން ދިދަތައް ގައުމީ ދިދައަށްވުރެ އުސްކޮށް ނަގާފައި ބެހެއްޓުމަކީ ވެސް އެ އުސޫލުގެ ދަށުން މަނާކޮށްފައި އޮތް ކަމެކެވެ.
http://homeaffairs.gov.mv/files/dhivehi-dhida.pdf
ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލު:
އެ އުސޫލާ އެކު، ޖުމްހޫރީ ޕާޓީގެ ދިދަ، ގައުމީ ދިދައާ ވައްތަރުކަމުން ވަނީ މައްސަލަ ޖެހިފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި ނަގާފައި ހުރި ގައުމީ ދިދަ ވަނީ ފުލުހުން މެދުވެރިކޮށް ނަގައިފަ އެވެ.
އޭރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލަކީ ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ދަތިކުރުމުގެ ގޮތުން ހެއްދެވި އުސޫލެއް ކަމަށެވެ. އަދި އެ އުސޫލަކީ ބާތިލް އުސޫލެއް ކަމަށް ބުނަމުން އައިސްފައިވެ އެވެ.
ޕާޓީގެ ދިދަ ބަދަލުކުރަން އީސީ އަށް ނޭންގޭނެ: ޖޭޕީ
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް
މަތީނަށް ޕީޕީއެމްގެ ޓިކެޓު ގެއްލި، މަގާމު ދޫކޮށްލައިފި
އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާކުރަން ތައްޔާރު: ޔާމީން