Roadha Mihaaru
ޕާޓީގެ ދިދަ ބަދަލުކުރަން އީސީ އަށް ނޭންގޭނެ: ޖޭޕީ

ޕާޓީގެ ދިދަ ބަދަލުކުރަން އީސީ އަކަށް ނޭންގޭނެ: ޖޭޕީ

13 މާޗް 2017

ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ފަހަރެއްގެ މަތިން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ކޮމިޝަނަށް އެހެން އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖޭޕީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ފަހަރެއްގެ މަތިން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ކޮމިޝަނަށް އެހެން އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވީ ދިދައިގެ މައްސަލާގައި ގޮތެއް ނިންމުމަށް ޓަކައި ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ރޭ މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި ގޮތެއް ނުނިމޭ ކަމަށެވެ.

"އެކަމާ ބެހޭ ގޮތުން ފަހުން އަދި ގޮތެއް ނިންމުމަށް ރޭ ނިންމީ،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ރަޖިސްޓްރީކޮށްފައި އޮތް ދިދައެއް ބަދަލުކުރަން އެންގުމަށް އީސީގެ އޮތީ ގާނޫނީ ކޮން ހައިސިއްޔަތެއްތޯ އަޅުގަނޑުމެންނަކަށް ނޭނގުނު."

ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ޖޭޕީގެ ދިދަ އަކީ ރަޖިސްޓްރީ ކުރެވިގެން އައި ދިދައެއް ކަން ފާހަގަކުރައްވައި، ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ފަހުން އައި އުސޫލަކަށް ތަބާވުން ލާޒިމް ނޫން ކަމަށެވެ. އަދި ގައުމީ ދިދަ އާއި ޖޭޕީގެ ދިދައާ އެއްގޮތް ކަމެއް ނެތް ކަން ޕާޓީން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ދިދައަށް ބެލީމަ އެނގޭނެ ތަފާތުކަން، އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޖޭޕީގެ ދިދަ ބަދަލު ކުރާކަށް އިލެކްޝަންސް ކޮމިޝަނަށް ނޭނގޭނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހް ވިދާޅުވި ގޮތުގައި ޖޭޕީގެ ދިދަ ފާސް ކުރީ ގައުމީ ބައްދަލުވުމެއްގަ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ގައުމީ ބައްދަލުވުން ބާއްވަން ޖެހޭއިރު، ދިދައާ މެދު ގޮތެއް ނިންމޭނީ އެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލަށް އެކުލަވާލައި ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.

ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލީ، ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގައުމީ ދިދަ އަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒަށްވާތީވެ، ދިދަ އަށް ހުރުމަތްތެރިކޮށް ހިތަން، ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމަށެވެ.